ވަޒީރުންގެ ޖަވާބުތައް އަވަސްވާނީ ނީޒާމު ބަދަލުކޮށްގެން: ނަޝީދު

ވަޒީރުންގެ ޖަވާބުތައް އަވަސްވާނީ ނީޒާމު ބަދަލުކޮށްގެން: ނަޝީދު

ރައްޔިތުންގެ މަޖިލީހަށް ވަޒީރުން ހާޒިރުކޮށް ޖަވާބުދާރީ ކުރުވުން ބަރުލަމާނީ ނިޒާމާއެކު ހައްލު ކުރެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

ތ. ވޭމަންޑޫ ސްކޫލުގެ އިމާރާތުގެ މަސައްކަތާ ގުޅޭގޮތުން ތިމަރަފުށި ދާއިރާގެ މެމްބަރު ރިޔާޒް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މަޖިލީހުގެ ޖަލްސާއަށް ވަޑައިގެން ޖަވާބު ދެއްވިއެވެ. ނަމަވެސް ނިޒާމީ ނުކުތާއެއް ނަންގަވައި ރިޔާޒް ވިދާޅުވީ ވަޒީރުންނާ ކުރެވޭ ސުވާލުތަކުގެ ޖަވާބު 14 ދުވަހުގެ ތެރޭގައި ލިބިދޭ ގޮތަށް މަޖިލީހުގެ ގަވާއިދުގައި އޮތް ނަމަވެސް، ގިނަ ފަހަރު އެ ޖަވާބު ލިބެން ތިން މަހެއްހާ ދުވަސް ނަގާ ކަމަށެވެ.

މިމައްސަލާގައި ރައީސް ނަޝީދު ވިދާޅުވީ ޕާލިމަންޓް ނިޒާމު، ބަރުލަމާނީ ނިޒާމަށް ބަދަލު ނުކުރެވޭނަމަ އުނދަގޫތައް ކުރިމަތިވާނެ ކަމަށެވެ.

މަޖިލީހުގެ ނިޒާމު ޕާލިމަންޓްރީ ނިޒާމަކަށް ނޭނބުރި މި އުނދަގުލުގައި ތިއްބަވާހާ ދުވަހަކު ހަގީގަތުގައި މިކަން މިގޮތަށް ހިނގަމުންދާނީ.

– ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ކޮންމެ ދުވަހަކު 10 ވަރަކަށް ވަޒީރުން މަޖިލީހަށް ހާޒިރުކުރި ނަމަވެސް ބެކްލޮގް ސާފުނުކުރެވޭނެ ކަމަށެވެ. އޭގެފަހުން ވެސް ނިޒާމީ ނުކުތާއެއް ނަންގަވައި ރިޔާޒް ވިދާޅުވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާ ކުރެއްވި ސުވާލަކަށް ޖަވާބު ނުލިބި ވަރަށް ގިނަ ދުވަސް ވެފައިވަނީ ވަޒީރަށް ވަގުތު ނުވެގެން ކަމަށް މަޖިލީހުގެ އިދާރާއިން މައުލޫމާތު ލިބިފައިވާ ކަމަށެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރު ރިޔާޒް ވިދާޅުވީ ވަޒީރުންނާ ކުރެވޭ ސުވާލުތަކުގެ ޖަވާބު 14 ދުވަހުގެ ތެރޭގައި ލިބެންޖެހޭނެ ކަމަށް މަޖިލީހުގެ ގަވާއިދުގައި އޮންނަ ކަމަށެވެ. ނަމަވެސް ޖަވާބު ލިބުމަށް ތިން މަސް ދުވަސް ނަގާ ކަމަށް ރިޔާޒް ވިދާޅުވިއެވެ.

މަޖިލީހުން އެންގުމުން ވަޒީރުން ހާޒިރުވާންޖެހޭކަން ފާހަގަކުރައްވައި، ނަޝީދު ވަނީ މާލީ ވަޒީރަށް ކުރިމަތިވެފައިވާ ދައްޗަކީ މަގުބޫލު ސަބަބެއްތޯ ސާފުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

  1. ކަލެއަށް ބޮޑުކަމު ދެވޭނީވެސް ބަރިލަމާނީ ގެނެސްގެންހެން ހީވަނީ

Leave a Reply

Your email address will not be published. Required fields are marked *