އައިޑީ ކާޑު ދޫކުރާ ގަޑި އަވަސްކޮށް، ކާޑު ހެދުމަށް ދޫކުރާ ނަންބަރުގެ އަދަދު އިތުރުކޮށްފި

އައިޑީ ކާޑު ދޫކުރާ ގަޑި އަވަސްކޮށް، ކާޑު ހެދުމަށް ދޫކުރާ ނަންބަރުގެ އަދަދު އިތުރުކޮށްފި

Author
އަޒްފާ ރަޝީދު
29 މެއި 2023 07:48
0

ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު (އައިޑީ ކާޑު) ހެދުމަށް ދުވާލަކު ދޫކުރާ ކިޔު ނަންބަރުގެ އަދަދު އިތުރުކޮށް, އައިޑީ ކާޑު ދޫކުރާ ގަޑި އަވަސްކޮށްފިއެވެ.

ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރް) އިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އައިޑީ ކާޑު ދޫކުރުމަށް ދޭ ޓޯކެން ނަންބަރު ދެން ދޫކުރާނީ ހެނދުނު 08:00 އިން ފެށިގެން ކަމަށާއި 8:30 އިން ފެށިގެން ކާޑު ދޫކުރަން ފަށާނެ ކަމަށެވެ.

މީގެކުރިން ޓޯކެން ނަންބަރު ދޫކުރަމުން އައީ ހެނދުނު 10:00 އިން ފެށިގެންނެވެ. ހަމައެހެންމެ މީގެކުރިން ދުވާލަކު ދޫކުރަމުން އައީ 400 ކާޑެވެ.

ޑީއެންއާރްއިން ބުނީ މިއަދުން ފެށިގެން ކޮންމެ ދުވަހަކު 600 ކާޑު ދޫކުރާނެ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.