ހޫނު ޒުވާބު ތަކަކަށްފަހު މަވޯޓާގެ ނަން އިއްވައި ތަޅުމުން ނެރެލައިފި

ހޫނު ޒުވާބު ތަކަކަށްފަހު މަވޯޓާގެ ނަން އިއްވައި ތަޅުމުން ނެރެލައިފި

Author
މުޙައްމަދު ޝަޒައިމް
02 ޑިސެމްބަރ 2020 09:12
0

މަޖިލިސް ތަޅުން ހޫނުވެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ) ނަން އިއްވައި ތަޅުމުން ނެރެލައިފިއެވެ.

މަޖިލިސް މިއަދުގެ ޖަލްސާ ފެއްޓެވުމާއިއެކު މަޖިލިސް ތަޅުމުގައި ޝަރީފްއާއި، އެހެން މެމްބަރަކާއި ވަނީ ރައީސް ނަޝީދުގެ ވެރިކަން ބަދަލުވި ގޮތާއި ގުޅޭގޮތުން ހޫނު ޒުވާބުތަކެއް ކޮށްފައެވެ. މަޖިލިސް ރައީސް ވިދާޅުވީ ޝަރީފާއި އެހެން މެމްބަރެއްގެ ޒުވާބަކާއި ގުޅިގެން ވަރަށް ބޮޑަށް ކޯފާ އިސްކުރައްވައި ޝަރީފް ގަވާއިދަށް ހުރުމަތްތެރިކޮށް ހިއްތެވުމަށް 3 ފަހަރެއްގެ މަތީން ދަންނަވާފައވެ.

ނަމަވެސް ޝަރީފްގެ ޒުވާބު ކޮންޓްރޯލް ނުވުމުން މަޖިލިސް ރައީސް ވަނީ ޝަރީފްގެ ނަން އިއްވައި ތަޅުމުން ނެރެފައެވެ. ނަމަވެސް ނަން އިއްވި ފަހުންވެސް ޝަރީފް ވަނީ ތަޅުން ދޫނުކޮށް މަޖިލީހުގައި ވަގުތުކޮޅެއް ހޭދަކޮށްފައެވެ. އަދި މަޖިލިސް ރައީސް މުހައްމަދު ނަޝީދަށް ބަހުގެ ހަމަލާތަކެއް ދެއްވާފައެވެ.

މަޖިލިސް ރައީސް ވިދާޅުވީ މި ޒުވާބަކީ "ބަޤާވާތާއި" ގުޅިގެން ހިނގައިދިޔަ ޒުވާބެއް ކަމަށެވެ. ޒުވާބު ކޮންޓްރޯނުވެ ޝަރީފް ނެރެން އަމުކުރައްވައި، ޒުވާބު ކުރެއްވި އަނެއް މެމްބަރު ތަޅުމުގައި ނެތުމުން މަޖިލިސް ރައީސަށް އޭނާގެ ނަން އިއްވޭގޮތް ނުވީކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.