ޕެންޝަން އޮފީހުން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ފައިނޭންސް ފޯރަމް ކުރުނބާ މޯލްޑިވްސްގައި މާދަމާ ފަށާގޮތަށް ތައްޔާރު ވެއްޖެއެވެ.
ޕެންޝަން އޮފީހުން ހާމަކޮށްފައިވާ ގޮތުގައި މިއަހަރުގެ ފައިސޭންސް ފޯރަމްގެ ޝިއާރަކީ "ދަ ފިއުޗަރ އޮފް ފައިނޭންސް: އެކްސްޕްލޯރިން ދަ އިންޓެރެކްޝަން އޮފް ފިންޓެކް އެންޑް އާރޓިފިޝަލް އިންޓެލިޖެންސް" އެވެ.
ފައިނޭންސް ފޯރަމަކީ ރާއްޖޭގެ މާލީ ދާއިރާގެ އިސްފަރާތްތަކަށް އަމާޒުކޮށްގެން، ރާއްޖެއިން ބޭރުގެ މާލީ ތަޖުރިބާކާރުންނަށްވެސް ދައުވަތު ދީގެ، 2012 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ޕެންޝަން އޮފީހުން ކުރިއަށް ގެންދާ މާލީ ދާއިރާއާއި ގުޅުންހުރި ޚާއްސަ ފޯރަމެކެވެ.
މިއަހަރު ފޯރަމްގެ ސްޕޮންސަރުންގެ ގޮތުގައި ރާއްޖޭގެ ބޮޑެތި ކުންފުނިތައްވަނީ ހަމަޖައްސާފައެވެ، އޭގެ ތެރޭގައި ހިމެނެނީ:
މެއިން ސްޕޮންސަރ: ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)
ބޭންކިން ޕާޓްނަރ: ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)
ޑިޖިޓަލް ޕާޓްނަރ: ދިރާގު
ކޯ ސްޕޮންސަރ: މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)
އެސޯސިއޭޓް ސްޕޮންސަރުން: ހައުސިން ޑިޗެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ)، ބޭންކް އޮފް ސިލޯން، ސޮލަރެލް އިންޝުއަރެންސް، ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް (ސީބީއެމް) އަދި މޮރިޝަސް ކޮމާޝަލް ބޭންކްއެވެ.
ޕެންޝަން އޮފީހުން ހާމަކޮށްފައިވާ ގޮތުގައި، މިއަހަރުގެ ފޯރަމްގެ ޕެނަލް ޑިސްކަޝަންތަކުގައާއި ކީނޯޓް ސްޕީކަރުންގެ ގޮތުގައި މިނިސްޓަރ އޮފް އެންވަޔަރަމެންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ، އާމިނަތު ޝައުނާ، މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުހައްމަދު ޝަރީފް އާއި ރާއްޖޭގެ ބައެއް ބޭންކްތަކުގެ ސީއީއޯ އިންނާއި ރާއްޖޭން ބޭރުގެ ދެ މާހިރެއްގެ އިތުރުން ރާއްޖޭގެ ޓެކްނޮލޮޖީ ދާއިރާގައި ހަރަކާތްތެރިވާ ބައެއް ބޭފުޅުން ބައިވެރި ވުމަށް ވަނީ ހަމަޖެހިފައެވެ.
ކޮމެންޓު ފޮނުވާ