1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތިންވަނަ ދުވަހު ރާއްޖެއަށް ދިން އުދުވާނީ ޙަމަލާ ރޭވުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި އެކަކު ކަމުގައިވާ އަޙުމަދު ނާސިރު (ސަގަރު ނާސިރު)، ރައީސް ނަޝީދު އިސްކޮށް ހުންވައިގެން އުފައްދަވާ "ދަ ޑިމޮކްރެޓްސް" އަށް ސޮއިކޮށްފިއެވެ.
ދަ ޑިމޮކްރެޓްސް އުފެއްދުމުގެ ހުއްދަ އިލެކްޝަނުން ދިނުމާއިއެކު ޕާޓީ އުފެއްދުމަށް ބޭނުންވާ 3،000 މެމްބަރުން ހަމަ ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މިގޮތުން މާލެ އާއި އަތޮޅު ތެރޭގެ ގިނަ ރަށްތަކެއްގައި މިހަރަކާތްތައް ދަނީ ކުރިއަށް ގެންދަމުންނެވެ. ނާސިރު ސޮއި ކޮށްފައިވަނީ މާލޭގެ ބޮޑިބަތް ޕާކުގައި ސޮއި ކުރުމަށް ކުރިއަށް ގެންދާ ހަރަކާތުގެ ތެރެއިންނެވެ.
ސ. ހިތަދޫ ޕެރިސް ހޮލިޑޭ، އަޙުމަދު ނާސިރުގެ މައްޗަށް ދައުލަތުން އުފުލި ދައުވާ ކުރުމަށްފަހު އޭނާ މިހާރުވަނީ މިނިވަންކޮށްފައެވެ. 2014 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ސަގަރު ނާސިރަށް އިއްވި، 25 އަހަރަށް ޖަލުގައި ބަންދުކުރުމުގެ ހުކުމް ފުރިހަމަވުމުން އޭނާ ދޫކޮށްލާފައިވާއިރު، އޭނާވަނީ ބޭސްފަރުވާ ހޯދުމުގެ ނަމުގައި ބޭރަށް ގޮސްފައެވެ.
ރައީސް ނަޝީދުގެ ވެރިކަމުގައި، 2009 ވަނަ އަހަރުގެ ތެރޭގައި ސަގަރު ނާސިރު އަވަށްޓެރި ސްރީ ލަންކާ އަށް ފޮނުވާފައިވަނީ ބޭސް ފަރުވާގެ ނަމުގައެވެ. އޭނާ ފިލުވުމަށް އެހީތެރިވެދިނުމަށްފަހު އޭރުގެ ސަރުކާރުން ބުނެފައިވަނީ، ބޭސް ފަރުވާއަށް ފޮނުވުމުން އޭނާ ފިލީކަމުގައެވެ. އެހެންނަމަވެސް، 2012 ވަނަ އަހަރުގެ ތެރޭގައި، ޑރ. މުޙައްމަދު ވަޙީދުގެ ވެރިކަމުގެ ތެރެއިން، އާއްމުންގެ ތެރޭގައި ފިލައިގެން އުޅެނިކޮށް ސަގަރު ނާސިރުވަނީ ޖަލަށް ގެންގޮސްފައެވެ. އޭނާ މިނިވަން ކޮށްފައިވަނީ އޭގެ ފަހުންނެވެ
ނޮވެމްބަރު ތިނެއްގެ އުދުވާނަށް މިއަދު 35 އަހަރު ފުރިފައިވާއިރު، ޝަހީދުވި 19 ދިވެހިންގެ ތެރޭގައި ހިމެނެނީ ސިފައިންގެ އަށް ބޭކަލުންނާއި އާއްމުންގެ 11 ބޭކަލުންނެވެ.
ކޮމެންޓު ފޮނުވާ