އެމްޑަބްލިއުއެސްސީގެ ޗެއާމަން އަޙްމަދު މައުސޫމް (ޕިރަމިޑް މައުސޫމް) ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީ ދޫކޮށް، ދަ ޑިމޮކްރެޓް އާއި ގުޅިއްޖެއެވެ.
މައުސޫމަކީ ފެށުނީއްސުރެ އެމްޑީޕީގެ އެކި ހަރަކާތްތަކަށް ފަންޑު ކުރާ އެމްޑީޕީގެ އިސް ތަނބެކެވެ.އޭނާއަކީ އެމްޑީޕީ ދޫކުރެއްވުމާ ހަމައަށް އެ ޕާޓީގެ ޤައުމީ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެންބަރެވެ. މައުސޫމަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ސިގެރެޓުގެ ވިޔަފާރިކުރާ ރޫޓޫ ފިހާރައިގެ އޯނަރެވެ.
"ދަ ޑިމޮކްރެޓްސް" ގެ ނަމުގައި ސިޔާސީ ޕާޓީއެއްގެ އުފެއްދުމުގެ ހުއްދައަށް އެދިވަޑައިގަތީ އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަތީފެވެ. "ދަ ޑިމިކްރެޓްސް"ގެ ނަމުގައި ސިޔާސީ ޕާޓީ އުފެއްދުމަށް އެދި އިލެކްޝަންސް ކޮމިޝަނަށް ފޯމް ހުށައެޅުމާއި ގުޅިގެން ޕާޓީ ހެދުމުގެ ހުއްދަ ދިނީ މިމަހުގެ 24 ވަނަ ދުވަހުއެވެ.
MDP Makunudhoo Dhaira Raees mwsc Chairman @amausoom joins the democrats 🩵#WeTheDemocrats 🩵🩵🩵 pic.twitter.com/OlOvRIzT2p
— Ameen Mohamed (@Ameenkumundhoo) May 26, 2023
"ދަ ޑިމޮކްރެޓްސް"ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ ދީފައިވާއިރު، ސިޔާސީ ޕާޓީތަކުގެ ޤާނޫނު ބަޔާންކުރާ ގޮތުން ޕާޓީ ރަޖިސްޓްރީކުރުމަށް 3000 މެންބަރުންގެ ސޮއި ހޯދައި އިލެކްޝަންސް ކޮމިޝަނަށް ހުށައަޅަންޖެހެއެވެ. ޑިމޮކްރަޓްސް ޕާޓީ އުފެއްދުމަށް މަސައްކަތް ކުރާ ބޭފުޅުން ވިދާޅުވަނީ މިފެށޭ ހަފްތާގައި ޕާޓީ ރަޖިސްޓްރީ ކުރުމަށް ފޯމު ހުށަހަޅާނެކަމަށެވެ.
ދަ ޑިމޮކްރަޓްސް އަށް ސަރުކާރުގެ އިސް މަޤާމުތަކުގައި ތިއްބެވި އެމްޑީޕީގެ މެމްބަރުންގެ ތެރެއިން އެޕާޓީން ވަކިވެ ސޮއި ކުރަމުންދަނީ މަދު މެންބަރުންތަކެވެ. ނަމަވެސް މަޖިލީހުގައި ހިމެނޭ އެމްޑީޕީގެ 12 މެމްބަރަކު ވަނީ އެޕާޓީން ވަކިވެފައެވެ.
One Response
ތިޔައީ އަބަދުވެސް އަންނިސޮރަށް ތާއީދުކުރާ މައުސޫމް އޮޅިފަކާނުވޭ