ތިރިވަނަންތަޕޫރަމްގަ ހުންނަވާ ކޮންސުލް ޖެނެރަލްގެ މަގާމަށް ޝިފާނާ

ތިރިވަނަންތަޕޫރަމްގަ ހުންނަވާ ކޮންސުލް ޖެނެރަލްގެ މަގާމަށް ޝިފާނާ

Author
ހުސެއިން
26 މެއި 2023 05:15
0

އިންޑިއާގެ ތިރިވަނަންތަޕޫރަމްގައި ހުންނަ ދިވެހިރާއްޖޭގެ ކޮންސުލް ޖެނެރަލްގެ މަޤާމަށް ފޮރިން މިނިސްޓްރީގެ ޖޮއިންޓް ސެކެޓްރީގެ މަގާމުގައި ހުންނެވި އާމިނަތު ޝިފާނާ މިއަދު އައްޔަން ކުރައްވައިފިއެވެ.

ޝިފާނާ މަގާމަށް އައްޔަން ކުރެއްވުމަށް ފަތްކޮޅު އެރުވުން އޮތީ މިއަދު ފޮރިން މިނިސްޓްރީގައެވެ. ފަތްކޮޅު ހަވާލު ކޮށްދެއްވީ ފޮރިން މިނިސްޓަރ ޝާހިދުއެވެ.

އިންޑިއާގެ ތިރުވަނަންތަޕޫރަމްގައި ހުންނަ ދިވެހިރާއްޖޭގެ ކޮންސުލް ޖެނެރަލްގެ މަޤާމަށް އައްޔަން ކުރެއްވުމުގެ ކުރިން ޝިފާނާ ވަނީ ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީގެ މަގާމު އަދާކުރައްވާފަ އެވެ. އަދި ޕާމަނަންޓް ސެކްރެޓަރީގެ މަގާމު އަދާކުރައްވައި ފޮރިން މިނިސްޓްރީގެ އެހެން މަގާމުތައް ވެސް ފުރުއްވާފައިވެ އެވެ.

ޝިފާނާއާއި މަގާމް ހަވާލު ކުރެއްވުމަށްފަހު ޝާހިދު ވިދާޅުވެފައިވަނީ، ޚާރިޖީ ދާއިރާގައި ޚިދުމަތް ކުރައްވަމުން ގެންދަވާ އޮފިޝަލެއްގެ ހައިސިއްޔަތުން ޝިފާނާއަށް ލިބިފައިވާ ތަޖުރިބާއިން މި މަޤާމުގެ މަސްޢޫލިއްޔަތުތައް ފުރިހަމައަށް އަދާކުރައްވަމުން ގެންދަވާނެކަމުގެ ޔަގީކަން އޮތް ކަމަށާއި، ކާމިޔާބީއަށް އެދިވަޑައިގަންނަވާ ކަމުގައެވެ.

އަދި ޝާހިދުވަނީ، އެ މަޤާމު ގެ ޓަރމް ހަމަކުރައްވައި މިނިސްޓްރީއަށް އެނބުރި ވަޑައިގެންނެވި އެންމެ ފުރަމަތަ އަންހެން ކޮންސުލް ޖެނެރަލް، އަލްފާޟިލާ އާމިނަތު ޢަބްދުﷲ ދީދީ އަށް ޝުކުރު ދަންނަވާފައެވެ.

ޝިފާނާ އަކީ އެޑްމިނިސްޓްރޭޝަން އަދި ހިއުމަން ރިސޯސް މެނޭޖްމަންޓްގެ ދާއިރާއިން ތަފާތު ތަޖުރިބާތައް ލިބިވަޑައިގެންފައިވާ ބޭކަނބަލެކެވެ. ޝިފާނާ އެންމެ ފުރަތަމަ މިނިސްޓްރީއާ ގުޅިވަޑައިގަތީ 1999 ވަނަ އަހަރު އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.