ސައުދުގެ ހާލު ބެއްލެވުމަށް ރައީސް އޭޑީކޭއަށް!

ސައުދުގެ ހާލު ބެއްލެވުމަށް ރައީސް އޭޑީކޭއަށް!

Author
މުޙައްމަދު ޝަޒައިމް
26 މެއި 2023 01:41
0

މިދިޔަ އަންގާރަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި އެކްސިޑެންޓްވި ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިންގެ ހާލު ބައްލަވާ ލެއްވުމަށް ރައީސް ޞާލިހު ހޮސްޕިޓަލަށް ވަޑައިގެންފިއެވެ.

ސައުދު އެކްސިޑެންޓްވެފައިވަނީ އަންގާރަ ދުވަހު ހެނދުނު މަޖިލީހަށް އައުމަށް ހުޅުމާލޭއިން މާލެ އަށް ދަތުރު ކުރައްވަމުން ދަނިކޮށް، ހަލި މަގުގައި ޕިކަޕެއްގައި ޖެހިގެންނެވެ. މިއެކްސިޑެންޓުގައި ސައުދަށް އެކި ވަރުގެ އަނިޔާ ލިބި ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.

ސައުދުގެ ހާލު ބައްލަވާ ލެއްވުމަށް ރައީސް ޞާލިހު ވަނީ ހޮސްޕިޓަލަށް ވަޑައިގެން ސައުދާ ބައްދަލުކޮށްފައެވެ. އަދި ހާލު އޮޅުންފިލުވައި ޢާއިލާގެ މެމްބަރުންނާއިވެސް ރައީސް ވަނީ ބައްދަލު ކުރައްވާފައެވެ. މެމްބަރު ސައުދަކީ ނިމިދިޔަ ރައީސް ޔާމީންގެ ވެރިކަން ނިންމުމަށް ބުރަ މަސައްކަތްތަކެއްކޮށް، ރައީސް ޞާލިހާއިއެކު މަސައްކަތް ކުރެއްވި ރައީސް ޞާލިހުގެ ވަރަށް ގާތް މެމްބަރެކެވެ.

ސައުދު ވިދާޅުވީ އޭނާގެ ހާލު މިހާރު ރަނގަޅު ކަމަށެވެ. ސައުދު ވިދާޅުވެފައިވަނީ ޓެސްޓުތަކުން އެއްވެސް ތަނެއް ބިންދައިގެން ހުރިކަމަށް ނުދައްކާ ކަމަށެވެ. އެހެން ނަމަވެސް އޭނާގެ ހަށިގަނޑުގެ އެކި ތަންތަނުން ބައެއް މަސްތައް ހުރީ ވީދައިގެން ގޮސްފައި ކަމަށެވެ.

މިނިވަން މެމްބަރެއްގެ ގޮތުގައި 19 ވަނަ މަޖިލީހަށް އިންތިހާބުވި ސައުދަކީ މިހާރު އެމްޑީޕީގެ މެމްބަރެކެވެ. އަދި ނިމިގެން ދިޔަ ދައުރުގައި އޭނާ ވަނީ ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވައިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.