ޤަވަޢިދާއި ޚިލާފަށް މަސްވެރިކަން ކުރަމުން ދިޔަ ބޭރުގެ މަސްބޯޓެއް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް

ޤަވަޢިދާއި ޚިލާފަށް މަސްވެރިކަން ކުރަމުން ދިޔަ ބޭރުގެ މަސްބޯޓެއް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް

Author
އަޒްފާ ރަޝީދު
25 މެއި 2023 05:50
0

ރާއްޖޭގެ ޚާއްސަ އިގްތިސާދީ ސަރަހައްދުން ފެނުނު ބޭރުގެ މަސްބޯޓެއް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނީ ރާއްޖޭގެ އިގްތިސާދީ ސަރަހައްދުގެ ތެރޭގައި ގާނޫނާއި ޚިލާފަށް މަސްވެރިކަން ކުރަމުން ދިޔަ ބޭރުގެ އުޅަނދެެއް އެމްއެންޑީއެފް ކޯސްޓްގާޑް ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

އެބޯޓުގައި ތިބީ ކިތައް ފަޅުންވެރިން ކަމާއި، އެއީ ކޮން ގައުމަކަށް ނިސްބަތްވާ ބޯޓެއް ކަމެއް އަދި ހާމައެއް ނުކުރެއެވެ. އެމްއެންޑީއެފުން ބުނީ އިތުރު މައުލޫމާތު ލިބުނު ވަރަކުން ހިއްސާކުރަމުންދާނެ ކަމަށެވެ.

ރާއްޖޭގެ ޚާއްސަ އިގްތިސާދީ ސަރަހައްދުން ފެންނަ ބޭރުގެ މަސްބޯޓުތައް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެންދިއުމަށްފަހު، އެމައްސަލަ ސަރުކާރުގެ ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ތަހުގީގު ކުރެއެވެ. މީގެ ކުރިންވެސް އެތައް ފަހަރެއްގެ މަތިން އެމްއެންޑީއެފުން ވަނީ ގަވާއިދާ ޚިލާފަށް ރާއްޖެ ސަރަހައްދަށް ވަދެ އުޅުނު މަސްބޯޓުތައް ހިފަހައްޓާފައެވެ. އަދި މިފަދަ ބޯޓުތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށްފައި ވެސް ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.