ބޮޑު އީދުގައި މާލޭ ސިޓީ ކައުންސިލުން 100 ބަކަރި ކަތިލަނީ

ބޮޑު އީދުގައި މާލޭ ސިޓީ ކައުންސިލުން 100 ބަކަރި ކަތިލަނީ

Author
ހުސެއިން
25 މެއި 2023 02:25
0

އަންނަ ބޮޑު އީދުގައި އުލްހިޔާހެ ގޮތުގައި 100 ބަކަރި ކަތިލާ ރައްޔިތުންނަށް ބެހުމަށް މާލޭ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

މިއަދު ބޭއްވުނު ސިޓީ ކައުންސިލް ޖަލްސާގައި މާލޭ ސިޓީގެ މޭޔަރ ޑރ. މުއިއްޒު ވިދާޅުވީ ފާއިތުވެދިޔަ އަހަރުގެ ބޮޑު އީދުގައި އުރީދޫއާއި ގުޅިގެން ބޭއްވި އުލްހިޔާ ކަތިލުމަށްވުރެ ފުޅާކޮށް މިއަހަރު އުލްހިޔާ ކަތިލުން ބޭއްވިގެންދާނެ ކަމުގައެވެ. މުއިއްޒު ވިދާޅުވި ގޮތުގައި މިއަހަރުގެ އުލްހިޔާ ކަތިކުލަމަށް ގިނަ އަދަދެއްގެ ސްޕޮންސަރުން އެހީތެރިކަން މަސައްކަތް ކުރައްވާނެ ކަމުގައެވެ.

މިއަދުގެ ކައުންސިލް ޖަލްސާގައި ވާހަކަ ދައްކަވަމުން މެދު ހެންވޭރު ދާއިރާގެ ކައުންސިލަރު އާދަމް ރަމީޒް ވިދާޅުވީ މިއަހަރު 100 ބަކަރި ކަތިލުމަށްފަހު މާލޭގެ ރައްޔިތުންނަށް ބެހުމަށް ހަމަޖެހިފައިވާއިރު،ކުޑަކުދިންގެ ހިޔާފަދަ ތަންތަނަށް ޚާއްސަ އިސްކަމެއް ދިނުނަށް ހަމަޖެހިފައިވާކަމުގައެވެ.

ރަމީޒު ވިދާޅުވީ މިކަމަށް ސްޕޮންސަރުންގެ ފަރާތުން އެހީތެރިކަން ހޯދުމުގެ މަސައްކަތް މިހާރު ކުރިޔަށްދާކަމުގައެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.