ދައުލަތުގެ މީޑިއާ ހިންގަމުންދަނީ ރައްޔިތުންގެ ފައިސާ އިން ކަމަށާއި، ރައްޔިތުންގެ މަޖިލީހުގައި ރައްޔިތުން ތަމްސީލްކުރާ މެމްބަރުން ދައްކާ ވާހަތައް ލައިވްކުރުން ހުއްޓާލުމަކީ ކުރެވޭނެ ކަމެއް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އީވާ ވިދާޅުވެއްޖެއެވެ.
އެމްޑީޕީީގެ ތެރޭގައި އުފެދިފައިވާ ސިޔާސީ ޚިޔާލު ތަފާތުވުންތަކާއިއެކު މަޖިލީހުގައި ހިމެނޭ ރައީސް ނަޝީދަށް ތާއީދުކުރާ މެމްބަރުންގެ ފާޑުކިޔުން ވަނީ ރައީސް ޞާލިހަށާއި މިސަރުކާރަށް އަމާޒުވެފައެވެ. މަޖިލީހުގެ ޖަލްސާތައް މިހާތަނަށް ދައުލަތުގެ މީޑިއާއިނން ދިޔައީ ލައިވް ކުރަމުންނެވެ. ނަމަވެސް މިދިޔަ ބުދަ ދުވަހުގެ ޖަލްސާއިން ފެށިގެން ކުއްލިއަކަށް މަޖިލީހުގެ ޖަލްސަތައް ދައުލަތުގެ މީޑިއާއިން ލިވްކުރުން ވަނީ ހުއްޓާލާފައެވެ.
މަޖިލީހުގައި މީގެކުރިންވެސް އެއްބޭފުޅަކު އަނެއްބޭފުޅެއް އަބުރަށް އަރައިގަނެ، ބޮޑެތި ތުހުމަތުކޮށް ވާހަކަ ދައްކައި، އަދި އިސްލާމްދީނާއި ޚިލާފް ވާހަތަކައް ދެއްކިއިރުވެސް ދައުލަތުގެ މީޑިއާއިން ދިޔައީ ލައިވް ކުރަމުންނެވެ. ނަމަވެސް މިހާރު ހުއްޖަތެއްގެ ގޮތުގައި ދައުލަތުގެ މީޑިއާއިން ބުނަނީ މަޖިލިސް ލައިވް ކުރުން ހުއްޓާލީ މަޖިލީހުގައި އެއްމެމްބަރު އަނެއް މެމްބަރަކަށް ދައްކަވާ ވާހަތަކުގައި ލައިވްކޮށް ދެއްކުން އެހާ ރަނގަޅު ނޫންވާހަތައް ހުރިކަމަށެވެ.
ޕީއެސްއެމްއިން މިނިންމުން ނިންމާއި ގުޅިގެން އީވާ ވިދާޅުވީ މިވެއްޓުނީ އަނެއްކާވެސް 90 ހައިގެ އަހަރުތަކުގެ ތެރެއަށް ކަމަށެވެ. ދައުލަތުގެ މީޑިއާ ހިންގަމުންދަނީ ރައްޔިތުންގެ ފައިސާއިން ކަމަށްވާއިރު، ރައްޔިތުން ޓެކްސް ފައިސާ ވަކި މީހަކު ބޭނުންވާހާ ގޮތަކަށް ހޭދަ ކުރުމަކީ ހުދުމުހުތާރު ސިފައެއްކަމަށް އީވާ ވިދާޅުވިއެވެ.
ޕީއެސްއެމް ހިންގަނީ ރައްޔިތުންގެ ޓެކްސް ފައިސާއިން. އެހެން ކަމުން ރައްޔިތުން ތަމްސީލުކުރާ މިހުން ދައްކާ ވާހަކަތައް ޕީއެސްއެމްއަށް ދައްކަން މަޖުބޫރުވާނެ. ޕީއެސްއެމް ޓީވީ ނިއްވާލުމުގެ ހައްގު އޮންނާނީ ރައްޔިތުންނަށް. މިއީ ޑިމޮކްރަސީއާއެކު އަޅުގަނޑުމެން ހޯދި ހައްގުތައް އަލުން ނިގުޅައިގަތުން. އަނެއްކާވެސް 90 ގެ އަހަރުތަކުގެ ތެރެއަށް މިދިޔައީ.
– އީވާ ވިދާޅުވިއެވެ.
ދައުލަތުގެ މީޑިއާއިން ބުނެފައިވަނީ އެބޭފުޅުން ދެން ގެނެސްދޭނީ މަޖިލީހާއި ގުޅުންހުރި ރެކޯޑިން ޕްރޮގްރާމުތަކެއް ކަމަށެވެ. އެ ޕްރޮގުރާމުތަކަށްވެސް އަރުވަނީ ސަރުކާރަށް ތާއީދުކުރާ މެމްބަރުން އެކަނިކަން މީގެ ކުރިންވެސް މަޖިލީހުގައި ހިމެނޭ ސަރުކާރާއި އިދިކޮޅު މެމްބަރުން ވަނީ ފާހަގަކޮށްފައެވެ.
ކޮމެންޓު ފޮނުވާ