އެކްސްކަވޭޓަރެއް ފުރޮޅާލައި މީހަކު މަރުވެއްޖެ

އެކްސްކަވޭޓަރެއް ފުރޮޅާލައި މީހަކު މަރުވެއްޖެ

Author
މުޙައްމަދު ޝަޒައިމް
25 މެއި 2023 11:12
0

ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގެ ރަންވޭގެ މަސައްކަތުގައި ބޭނުންކުރި އެކްސްކަވޭޓަރެއް ފުރޮޅާލައި މިއަދު ބިދޭސީއަކު މަރުވެއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ އެއާޕޯޓުގެ ރަންވޭގެ މަސައްކަތުގައި ބޭނުންކުރާ އެކްސްކަވޭޓަރެއް ފުރޮޅާލައި އަނިޔާވި މީހަކު އެ ރަށު ހެލްތު ސެންޓަރަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމުގެ ރިޕޯޓެއް މިއަދުގެ ހެނދުނު 9:30 ހާއިރު ލިބިފައިވާ ކަމަށެވެ.

އެ ހާދިސާގައި މަރުވީ އެކްސްކަވޭޓަރު ދުއްވި އިންޑިއާގެ ޑްރައިވަރެވެ. އެއީ، 35 އަހަރުގެ ފިރިހެނެކެވެ.

އެ ހާދިސާއާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ފުލުހުން އަންނަނީ ބަލަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.