ހުއްދަ ދިނުމާއިކު "ދަ ޑިމޮކްރެޓްސް" އަށް ސޮއިކުރުން ބާރަށް ކުރިއަށް!

ހުއްދަ ދިނުމާއިކު "ދަ ޑިމޮކްރެޓްސް" އަށް ސޮއިކުރުން ބާރަށް ކުރިއަށް!

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އިސްވެ ހިންގަވާ "ފިކުރެއްގެ ދިރުން" ގައި ޙަރަކާތްތެރިވެ ވަޑައިގަންނަވާ މެންބަރުން އިސްވެ ތިއްބަވައިގެން "ދަ ޑިމޮކްރެޓްސް"ގެ ނަމުގައި އުފައްދަވަން މަސައްކަތް ކުރައްވާ ޕާޓީ އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދިނުމާއިއެކު ޕާޓީއަށް ފޯމު ފުރުމުގެ މަސައްކަތް ފޯރީގައި ފަށައިފިއެވެ.

އިލެކްޝަންސް ކޮމިޝަން ޕާޓީ ހަދަން ހުއްދަ ދިނީ މިއަދު މެންދުރު ފަހުއެވެ. ހުއްދަ ދިން ވަގުތުން ފެށިގެން އެޕާޓީގެ މެމްބަރުންގެ އަދަދު ހަމަކުރުމަށް ފޯމުތަކުގައި ސޮއި ކުރެވޭނެ އިންތިޒާމުތައް މާލެއާއި އަތޮޅު ތެރޭގައި ވަނީ ހަމަޖައްސާފައެވެ. މާލޭގައި ބޮޑިބަތް ޕާކުގައާއި، އާޓްފިޝަލް ބީޗުގައިވެސް ސޮއި ކުރުމުގެ ހަރަކާތްތައް ދަނީ ކުރިއަށް ގެންދަމުންނެވެ.

މާލޭގެ އިތުރުން ހުޅުމާލޭއާއި ވިލިމާލޭގައިވެސް މިހަރަކާތްތައް ދަނީ ހިންގަމުންނެވެ. މިހަރަކާތައް މާލެ ސަރަހައްދުގައި ހިންގި ސަރަހައްދު ތަކުގައި އެޕާޓީ އުފެއްދުމަށް އިސްކޮށް ހަރަކާތްތެރިވާ އެމްޑީޕީގެ ކުރީގެ އިސްވެރިންނާއި، މަޖިލީހުގެ ބައެއް މެމްބަރުން ގެންދަނީ ރައްޔިތުންނަށް މެސެޖުތައްދީ ޕާޓީ އުފެއްދުމުގެ މަގުސަދު ސާފުކޮށް ދެމުންނެވެ.

މާލެ ސަރަހައްދުގެ އިތުރުން އަތޮޅު ތެރޭގައިވެސް ސޮއި ކުރުމުގެ ހަރަތާކްތައް ގެންދަނީ ކުރިއަށް ގެންދަމުންނެވެ. ދަ ޑިމޮކްރެޓްސްގެ އަމާޒަކީ ކުރިއަށް އޮތް ތިން ދުވަސް ތެރޭގައި 3،000 މެމްބަރުން ހަމަކޮށް ޕާޓީ ރަޖިސްޓްރީ ކުރުމެވެ.

"ދަ ޑިމޮކްރެޓްސް" ގެ ނަމުގައި ސިޔާސީ ޕާޓީއެއްގެ އުފެއްދުމުގެ ހުއްދައަށް އެދިވަޑައިގަތީ އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަތީފެވެ. "ދަ ޑިމިކްރެޓްސް"ގެ ނަމުގައި ސިޔާސީ ޕާޓީ އުފެއްދުމަށް އެދި އިލެކްޝަންސް ކޮމިޝަނަށް ފޯމް ހުށައެޅުއްވީ މިދިޔަ އާދީއްތަ ދުވަހުއެވެ.

"ދަ ޑިމޮކްރެޓްސް"ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ ދީފައިވާއިރު، ސިޔާސީ ޕާޓީތަކުގެ ޤާނޫނު ބަޔާންކުރާ ގޮތުން ޕާޓީ ރަޖިސްޓްރީކުރުމަށް 3000 މެންބަރުންގެ ސޮއި ހޯދައި އިލެކްޝަންސް ކޮމިޝަނަށް ހުށައަޅަންޖެހެއެވެ.

ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި މިހާރުވެސް 10 ސިޔާސީ ޕާޓީއެއް އެބައޮތެވެ. ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައި ބުނާގޮތުން ކޮންމެ ޕާޓިއެއްގައިވެސް މަދުވެގެން 3000 މީހުން ހަމަވާންޖެހެއެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

  1. ތިޔަ ޕާރޓީވެސް ވެގެން ދާނީ މައުމޫނު ޕާރޓީއަށް ވީހެން ބޮނޑު ނަގުލަށެވެ. ނިކަން ބާރަށް ފަށާފައި ފަހަތައް ދިޔަދިޔަހެން ހުލިވަމުން ހުލިވަމުން ގޮސް ނިމޭނީއެވެ. އަދި ފަހަރުގައި ސައިބޯނި ބޮކިހެން ވަކިވަރަކަށް ބޮޑުވާއިރަށް ޕޮއްކިޔާފައި އެއްކޮށް ގޮވައިވެސްފާނެއެވެ. އެއީ އަދިމާ ދެރަގޮތެކެވެ. ދިވެހިންނެތް މިގައުމަކަށް ރޭދުވާ ވަކިނުވާ ބަޔަކަށް ބާރުވެރިކަމެއް ނުދޭނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *