ސައުދީ އަރަބިއްޔާގެ ސަރުކާރުން ރާއްޖޭގެ 350 ދަރިވަރަކަށް ސްކޮލާޝިޕްތަކަކަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީން މަޢުލޫމާތުދޭ ގޮތުގައި މި ސްކޮލަޝިޕްތަކަކީ ފުލީ ފަންޑެޑް ސްކޮލަޝިޕް ތަކެއް ކަމަށާ، އެ ސްކޯލާޝިޕް މެދުވެރިކޮށް 11 ދާއިރާ އަކުން ކިޔެވުމަށް 350 އަށްވުރެ ގިނަ ދިވެހި ދަރިވަރުންނަށް ފުރުސަތު ލިބިގެންދާނެ ކަމަށެވެ.
އެހެންކަމުން، މި ސްކޮލަޝިޕްތަކަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން އެ ފަރާތަކުން ކުރިއަށްދާން ބޭނުންވާ ދާއިރާއަކުން "ސްޓަޑީ އިން ސައުދީ" ވެބްސައިޓް މެދުވެރިކޮށް މިހާރު އެޕްލައި ކުރެވޭނެ ކަމަށް ސައުދީ އެމްބަސީން ބުނެ އެވެ.
ސްކޮލަޝިޕަށް ހުޅުވާލި ދާއިރާތައް:
1. ބިޒްނަސް މެނޭޖްމަންޓް
2. މީޑިއާ ފީލްޑްސް
3. ކޮމްޕިއުޓާ ސައިންސް ސްޓަޑީޒް
4. ލޯ ސައިންސް
5. އެޑިއުކޭޝަނަލް ސްޕެޝަލްޓީސް
6. ސޯޝަލް ސައިންސް
7. އެގްރިކަލްޗާ
8. އިކޮނޮމިކް އެންޑް ޕޮލިޓިކަލް ސްޓަޑީޒް
9. އިންޖިނޭރިން މޭޖާ
10. އިސްލާމިކް ސްޓަޑީޒް ފީލްޑް
11. އަރަބިކް ސްޓަޑީސް އެންޑް އަދާފީލްޑްސް އޮފް ފޮރިން ލޭންގުއޭޖް
ދުނިޔޭގެ 170 އަށްވުރެ ގިނަ ގައުމުތަކުގެ ދަރިވަރުން މިހާރުވެސް އަންނަނީ ސައުދީ އަރަބިއްޔާގައި ތައުލީމު ހާސިލު ކުރަމުންނެވެ. އެގޮތުން އެ ގައުމުގެ ޔުނިވާސިޓީތަކުގައި 50،000 އަށްވުރެ ގިނަ އިންޓަނޭޝަނަލް ދަރިވަރުން ތައުލީމު ހާސިލުކުރަމުން އެބަދެ އެވެ.
ކޮމެންޓު ފޮނުވާ