ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައި އުފައްދަވަން ނިންމެވި "ދަ ޑިމޮކްރެޓްސް" ސިޔާސީ ޕާޓީއެއްގެ ގޮތުގައި އުފެއްދުމުގެ ހުއްދަ ދޭން އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.
އެ ޕާޓީ އުފައްދަން ހުއްދައަށް އެދި އީސީއަށް ހުށަހަޅާފައި ވަނީ އާދިއްތަ ދުވަހުއެވެ. ކޮމިޝަނުގެ ޖަލްސާއަކުން މިއަދު ނިންމައި އެ ހުއްދަ މެންދުރު ބާއްވާ ރަސްމިއްޔާތެއްގައި ހަވާލުކުރަން އޮތީ ނިންމައިފައެވެ. އެމްޑީޕީ ތެރެއިން އިއުލާންކުރި "ފިކުރެއްގެ ދިރުން" ހަރަކާތް ހިންގުމަށް ފަހު، އިސްކޮށް އުޅުއްވި ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރަކު ވަނީ ޕާޓީން ވަކިވެވަޑައިގެންފައެވެ.
ޕާޓީ އުފެއްދުމުގެ ހުއްދަ ދިނުމާ އެކު މެންބާޝިޕް ފޯމު ފުރުމުގެ މަސައްކަތް މިއަދު ފެށުމަށް "ދަ ޑިމޮކްރެޓްސް" އިން ވަނީ ނިންމާފައެވެ. އަދި ޕާޓީ ރަޖިސްޓްރީ ކުރުމަށް ބޭނުންވާ 3،000 މެންބަރުންގެ ސޮއި ހަމަކުރެވުމާ އެކު ލަސްނުކޮށް ޕާޓީ ރަޖިސްޓްރީކުރަން ހުށަހެޅުމަށްވެސް "ދަ ޑިމޮކްރެޓްސް" އިން ވަނީ ނިންމާފައެވެ.
އާ ސިޔާސީ ޕާޓީއެއް އުފައްދަން ޖެހުނު ގޮތާ ގުޅޭގޮތުން ހަސަން ލަތީފު ވިދާޅުވީ އެމްޑީޕީ ދޫކުރައްވާ ނިކުތީ ހިތްހަމަނުޖެހޭ ސިފަތަކެއް ހުރުމުން ކަމަށެވެ. އަދި އެ ސިފަތައް ދެން އިސްލާހުކުރެވޭނެ ކަމުގެ އެއްވެސް އުއްމީދެއްވެސް ނެތުމުން ކަމަށެވެ.
We are excited to announce the kick off of our outreach to collect signatures for The Democrats’ official registration.
Link to The Democrats’ membership form:https://t.co/C7JV5v9MO3
a) ID card copy (both sides)
b) passport-size photo [NOT the photo in your ID card) https://t.co/e9M80e7e3e pic.twitter.com/jl7xm33w7I
— The Democrats (@TheDemocratsMV) May 24, 2023
އެންމެ ފުރަތަމަ އުފެދުނު ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއަކީ ހަގީގަތުގައި ރާއްޖޭގައި ޑިމޮކްރަސީގެ އުސޫލުތައް، ސިފަތައް އަށަގެންނެވުމަށް އުފެއްދި ޕާޓީ. އެހެންނަމަވެސް މަޑުމަޑުން އެ ސިފަތަކާ ދުރަށްޖެހި ޑިމޮކްރަސީގެ އެންމެ އަސާސީ ކަންކަން އެއީ މަޝްވަރާ އާއި ބައިވެރިކުރުމާއި ބައިވެރިވުމާއި އަދި ހަމައެހެންމެ ދެފުށް ފެންނަ ގޮތަށް ކަންތައްތައް ކުރުން. އެ ސިފަތައް ނެތިދާތީ އެއީ ރާއްޖޭގެ ޒުވާނުންނަށް ހައްގު މިންވަރެއް ނޫން. ހަސަން ލަތީފު ވިދާޅުވިއެވެ.
ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި މިހާރުވެސް 11 ސިޔާސީ ޕާޓީއެއް އެބައޮތެވެ. ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައި ބުނާގޮތުން ކޮންމެ ޕާޓިއެއްގައިވެސް މަދުވެގެން 3000 މީހުން ހަމަވާންޖެހެއެވެ.
ކޮމެންޓު ފޮނުވާ