ވިލިގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިން އެކްސިޑެންޓް ވެއްޖެ

ވިލިގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިން އެކްސިޑެންޓް ވެއްޖެ

Author
ހުސެއިން
23 މެއި 2023 05:05
0

ވިލިގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިން އެކްސިޑެންޓް ވެގެން އޭޑީކޭ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ސައުދު އެކްސިޑެންޓް ވެފައިވަނީ ބްރިޖްމަތިން ސައިކަލުގައި ދުއްވާފައި ދަނިކޮށް ކުރިމަތިން ދުއްވަމުންދިޔަ ޕިކަޕެއް ކުއްލިއަކަށް ބުރަކި ޖެއްސުމާއި ގުޅިގެންނެވެ.

އެކްސިޑެންޓުގައި ސައުދުގެ ކޮނޑަށާއި ކަކުލުހުޅަށް އަނިޔާވެފައިވާކަމަށްވެސް މައުލޫމާތު ލިބިފައި ވެއެވެ. އަދި އޭނާއަށް މިހާރު އޭޑީކޭ ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.