ކުޅުދުއްފުށި ސިޓީގެ ގެއެއްގެ ފާހާނާތެރޭގައި މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.
ފުލުހުން މަޢުލޫމާތުދީފައިވާ ގޮތުގައި މިއަދު 10:30 ހާއިރު، މީހަކު ފާހާނާއަށް ވަދެ، ނުނިކުމެ ގިނައިރުވެގެން ބެލިއިރު ފާހާނާތެރެއަށް ވެއްޓިފައި އޮތުމުން، އޭނާ ހޮސްޕިޓަލަށް ގެންދިޔަކަން އިދާރާއަށް ރިޕޯޓްކޮށްފައި ވާކަމަށެވެ.
އެ މީހާ ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާކަމަށް ހޮސްޕިޓަލުން މައުލޫމާތު ދޭކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން މައުލޫމާތު ދޭގޮތުގައި ފާހާނާއެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނީ 48 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ