ފުލުހަށް ހަމަލާ ދިން މީހުންގެ ބަންދުގެ މުއްދަތު ޖަހައިފި

ފުލުހަށް ހަމަލާ ދިން މީހުންގެ ބަންދުގެ މުއްދަތު ޖަހައިފި

ގުޅުންހުރި

ރޭގެ ވަގުތެއްގައި ފުލުހަކަށް ހަމަލާދިން ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހުންގެ ބަންދުގެ މުއްދަތު ޖަހައިފިއެވެ.

ހުޅުމާލޭ ފްލެޓް ކައިރީގައި ރޭ އޮފް ޑިއުޓީގައި ހުރި ފުލުހެއްގެ ގައިގައި ތަޅާ މާރާމާރީ ހިންގާފައިވަނީ 4 މީހުންގެ ގުރޫޕަކުންނެވެ. އެ 4 މީހުންވެސް ފުލުހުންވަނީ ރޭގެ ވަގުތެއްގައި ހައްޔަރު ކޮށްފައެވެ.

ދިވެހި ފުލުުހުންގެ ޚިދުމަތުން ބުނީ ހުޅުމާލޭގައި ގްރޫޕަކުން ހަމަލާދިން ފުލުސް މީހާއަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާކަމަށެވެ. ނަމަވެސް އޭނާއަށް ލިބިފަައިވާ އަނިޔާގެ ތަފްސީލެއް ފުލުހުން ހާމައެއް ނުކުރައްވައެވެ.

ފުލުހުން މިއަދު ބުނެފައިވަނީ މި މައްސަލާގައި ހައްޔަރުކުރި 21 އަހަރުގެ މީހާގެ ބަންދަށް 15 ދުވަސް، 33 އަހަރުގެ މީހާގެ ބަންދަށް 5 ދުވަސް އަދި 42 އަހަރުގެ މީހާ އާއި 44 އަހަރުގެ މީހާގެ ބަންދަށް 7 ދުވަސް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން މިއަދު ޖަހާފައިވާކަމުގައެވެ.

މި މައްސަލައިގެ ތަހުގީގި އަދިވެސް ކުރިޔަށްދާކަމަށް ފުލުހުން ބުނެފައި ވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ