"ދަ ޑިމޮކްރެޓްސް"ގެ މިވަގުތުގެ އަމާޒަކީ 3،000 ހަމަކޮށް، ޕާޓީ ރަޖިސްޓްރީ ކުރުން: އަފްޝަން

"ދަ ޑިމޮކްރެޓްސް"ގެ މިވަގުތުގެ އަމާޒަކީ 3،000 ހަމަކޮށް، ޕާޓީ ރަޖިސްޓްރީ ކުރުން: އަފްޝަން

ގުޅުންހުރި

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވާ އުފެއްވުމަށް މަސައްކަތް ކުރަމުންދާ "ދަ ޑިމޮކްރެޓްސް" ޕާޓީގެ މިހާރު އެންމެ މުހިންމު އަމާޒަކީ ޕާޓީ ރަޖިސްޓްރީ ކުރުމަށް ބޭނުންވާ 3،000 މެމްބަރުން ހަމަކޮށް، ޕާޓީ ރަޖިސްޓްރީ ކުރުން ކަމުގައި އެ ޕާޓީގެ ތަރުޖަމާނަކަށް ހަމަޖައްސާފައިވާ، ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ކުރީގެ ސީއީއޯ އަފްޝަން ލަތީފު ވިދާޅުވެއްޖެއެވެ.

"ދަ ޑިމޮކްރެޓްސް" ޕާޓީ އުފެއްދުމަށް މިހާރު ކުރެވެމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން މިއަދު މީޑިއާތަކާއި ބައްދަލުކޮށް މައުލޫމާތު ދެއްވަމުން އަފްޝަން ވިދާޅުވީ އެޕާޓީން އަމާޒުކޮށްފަ ހުރީ މެމްބަޝިޕްގެ ވަކި އަދަދެއް ހަމަ ކުރުމަށްވުރެ ބޮޑަށް، ޕާޓީ ރަޖިސްޓްރީ ކުރުމަށް ބޭނުންވާ އަދަދަށް މެމްބަރުން ހަމަކޮށް، ވީހާ އަވަހަކަށް ޕާޓީ ރަޖިސްޓްރީ ކުރުމަށް ކަމުގައެވެ. އަދި އޭނާ ވިދާޅުވީ ހުރިހާ ފިކުރެއްގެ މީހުންނަށްވެސް ޕާޓީއަށް ވަނުމުގެ ފުރުސަތު އެބައޮތް ކަމަށާއި، ޕާޓީގެ ސްޓްރަކްޗަރވެސް އެކުލަވާލެވިގެން ދާނީ ވީހާ ބޮޑަށް ލާމަރުކަޒުކޮށް، ގްރާސް ރޫޓު ބާރުވެރި ކުރެވޭނެ ގޮތަކަށް ކަމަށެވެ.

މިއަދު ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަފްޝަން ވިދާޅުވީ، ކުރިޔަށް އޮތްތަނުގައި އެޕާޓީން އެމްޑީޕީއާއި މަޝްވަރާ ކުރާނެތޯވެސް އަދި ނޫންތޯވެސް ކަނޑައެޅިގެންދާނީ އަލަށް އުފައްދާ ޕާޓީގެ އަސާސްތައް އެކަށައެޅިގެން ދިއުމުން ކަމުގައެވެ.

އެމްޑީޕީގެ ރަޝީދު ނަޝީދުގެ "ފިކުރެއްގެ ދިރުން"ގެ މަސައްކަތްތައް ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީކުރުމުގެ ހުއްދައަށް އެދި ހުށަހަޅާފައިވަނީ މިމަހުގެ 21 ވަނަ ދުވަހުއެވެ. އެ ޕާޓީ އުފައްދަން ހުއްދައަށް އެދި ހުށަހެޅުމަށްފަހު، ޕާޓީގެ އިސް ފަރާތްތަކުން ބުނެފައިވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެ ޕާޓީން ކެންޑިޑޭޓަކު ނެރުމަށް ހަމަޖެހިފައިވާކަމުގައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ އާ ޕާޓީގެ ނަމަކަށް "ދަ ޑިމޮކްރެޓްސް" ކިޔާފައިވާއިރު، ޕާޓީ ރަޖިސްޓްރީކުރުމުގެ ހުއްދައަށް އެދުނީ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފްގެ ނަމުގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ