ގުރޫޕަކުން، ހުޅުމާލޭގައި ހަރަކާތްތެރިވަމުންދިޔަ ފުލުހަކަށް ހަމަލާ ދީފިއެވެ.
"ޚަބަރު އޮންލައިން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުސް މީހާއަށް ހަމަލާ ދިން ގުރޫޕުގައި 6 ވަރަކަށް މީހުން ހިމެނެއެވެ. އަދި ހަމަލާދިން މީހުން ހަމަލާ ދިނުމަށް ފިލަން މަސައްކަތް ކުރި ނަމަވެސް ހަމަލާދިން ގުރޫޕުގައި ހިމެނޭ ބައެއް މީހުން ފުލުހުން ވަނީ ހައްޔަރު ކޮށްފައެވެ.
މިހަމަލާގައި ފުލުސް މީހާއަށް ލިބުނު އަނިޔާގެ ތަފްސީލް ލިބިފައި ނުވާއިރު، މިހަމަލާއާއި ގުޅޭ މައުލޫމާތު ފުލުހުންގެ ފަރާތުން އަދި ހާމަ ކޮށްފައެއް ނުވެއެވެ.
One Response
ކޯޓަށް ދިއުމާ ދޫކޮއްލުން.