ހަނި މޮޅަކުން ޔުނައިޓެޑް ގަދަ ހަތަރަކާއި ގާތަށް

ހަނި މޮޅަކުން ޔުނައިޓެޑް ގަދަ ހަތަރަކާއި ގާތަށް

ގުޅުންހުރި

ބޯން މައުތު އަތުން ހޯދި ހަނި މޮޅުން, އިނގިރޭސި ޕްރިމިއަރ ލީގުގެ ގަދަ ހަތަރެއްގެ ޖާގައެއް ހޯދުމަށް ފިޔަވަޅަކާ ގާތަށް މެންޗެސްޓަރ ޔުނައިޓެޑް ޖެހިލައިފިއެވެ.

މެޗަށް ނިކުއިންއިރުވެސް ހަތަރުވަނާގައި އޮތް މެންޗެސްޓަރ ޔުނައިޓެޑުން އެ މަގާމު ކަށަވަރުކޮށް, އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގުގައި ވާދަކުރަން މިހާރު ބޭނުންވަނީ ބާކީ އޮތް ދެ މެޗުން އެންމެ ޕޮއިންޓެކެވެ.

ދެ މެޗުން ޕޮއިންޓެއް ނުލިބުނަސް މިހާރު ފަސްވަނާގައި އޮތް ލިވަޕޫލަށްފަހު މެޗުގައި މޮޅު ނުވެވުނަސް ޔުނައިޓެޑަށް ޖާގަ ޔަގީންވާނެއެވެ. އެހާލަތުގައި ޔުނައިޓެޑްގެ އިތުރުން ނިއުކާސަލް ޔުނައިޓެޑަށްވެސް ޖާގަ ކަށަވަރުވާނެއެވެ.

މެޗުގެ ކުރީކޮޅު ބޯން މައުތު ކޮޅަށް ޔުނައިޓެޑްގެ ހަމައެކަނި ލަނޑު ޖެހީ ބްރެޒިލްގެ މިޑްފީލްޑަރ ކަސެމީރޯއެވެ. ލީގުގައި ޓޮޓެންހަމްއަށް ބްރެންޓްފޯޑް އަތުންވެސް މޮޅެއްނުވެވުނެވެ. ޗެމްޕިއަންސް ލީގުގެ ޖާގަ ގެއްލިފައިވާ ޓޮޓެންހަމް ބްރެންޓްފޯޑް އަތުން ބަލިވީ 3-1ންނެވެ. ޓޮޓެންހަމް އޮތީ އަށްވަނާގައެވެ. ބާކީ އޮތީ އެއް މެޗެވެ. އެމެޗުން މޮޅުވިޔަސް އެންމެ ކުރިއަށްވެސް ދެވޭނީ ހަވަނައަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ