ސޮނީ ޓީވީން ގެނެސްދޭ ކާމިޔާބު ސިލްސިލާ "ބަޅޭ އައްޗޭ ލަގުތޭ ހޭ 2″ އިން ވަކިވި ދެ ތަރިން ކަމަށްވާ ނަކުލް މެހެތާ ޑިޝާ ޕަރްމަރް އަނެއްކާ ވެސް އެނބުރި އަންނަން ތައްޔާރު ވެއްޖެއެވެ.
އެމީހުން އެނބުރި އަންނަނީ މީގެ އާސީޒަނަކުންނެވެ. "ބަޅޭ އައްޗޭ ލަގުތޭ ހޭ 3″ ގެ ނަމުގައި އެމީހުން އެނބުރި އަންނަ އިރުގައި މި ޑްރާމާ އަކީ ވަރަށް ކާމިޔާބު ޑްރާމާއެކެވެ.
މި ޑްރާމާ އިން އެމީހުން އެނބުރި އަންނަ ފުރަތަމަ އެޕިސޯޑް ދައްކަނާނީ މިމަހުގެ 25 ވަނަ ދުވަހުގައިއެވެ. މިހާރު އަންނަނީ މީގެ ޕްރޮމޯއެއްވެސް ދައްކަމުންނެވެ.
ޑްރާމާއިން އެނބުރި ދިޝާ އަލުން އަންނަ އިރުގައި އޭނާ ވަނީ މިފަހުން ބަނޑު ބޮޑުކަންވެސް އިއުލާން ކޮށްފައިއެވެ. މިފަހަރުގެ ސީޒަންގައި ފެނިގެންދާނީ ކޮންކަހަލަ ޓްވިސްޓް ތަކެއްތޯ އިންތިޒާރު ކޮށްލާށެވެ.
މިދެތަރިން ޝޯ ދޫކޮށްލީ ޝޯވ އަށް ބޮޑެތި ބަދަލުތަކެއް އައުމާއި ގުޅިގެންނެވެ. އެއާއި އެކުގައި ބޮޑެތިވެފައިވާ ކުދިންތަކެއްގެ މައިންބަފައިންގެ ރޯލުން އެދެމީހުން ފެންނަން ބޭނުން ނުވާތީ ކަމަށް މީޑިއާއިން އޭރުވަނީ ބުނެފައިއެވެ.
ޝޯވ އިން އެމީހުން ވަކިނަމަވެސް މިއަދާ ހަމަމައަށް ވެސް ތަފާތު ޓްވިސްޓް ތަކާއި އެކުގައި އައީ ދައްކަމުންނެވެ. އަދި މިއީ ބެލުންތެރިންގެ މެދުގައި ވަރަށް މަގުބޫލު ޝޯވއެކެވެ. އެދެމީހުން ވަކިވުމުން ޝޯވ ގެ ޓީއާރްޕީ އަށް ވެސް ވަނީ އެކަމުގެ ނޭދެވޭ އަސަރުކޮށްފައި ކަމަށް ވެއެވެ. ނަކުލް އާއި ޑިޝާ ވަކިވި ފަހުން އޭގެ ލީޑް ކުޅެމުން އަންނަނީ ނިތީ ޓޭލާ އާއި ސަންދީލް ރާއީ އެވެ.
"ބަޅޭ އައްޗޭ ލަގްތޭ ހޭ" ގެ ނަމުގައި އެކްތާ ވަނީ މީގެ ކުރިންވެސް ޑްރާމާއެއް ގެނެސްދީފައެވެ. 2011 އިން 2014 އަށް ގެނެސްދިން މިޑްރާމާގައި ފެނިގެން ދިއައީ ސާކްޝީ ތަންވަރް އާއި ރާމް ކަޕުރެވެ. މިއީ ވަރަށް މަގުބޫލުވި ޑްރާމާއެކެވެ.
ކޮމެންޓު ފޮނުވާ