އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑިއްޖެ

އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑިއްޖެ

Author
ހުސެއިން
19 މެއި 2023 08:58
0

އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑިއްޖެއެވެ.

އައްޑޫސިޓީން ކަރަންޓު ކެނޑިފައިވަނީ މިރޭގެ 8:15 ހާއިރުއެވެ. އެހެންނަމަވެސް ކަރަންޓު ކެނޑެން މެދުވެރިވީ ސަބަބެއް އަދި ސާފު ވެފައެއް ނުވެއެވެ. މައުލުމާތު ލިބިފައިވާ ގޮތުގައި ކަރަންޓު ކެނޑުނު ބައެއް ހިސާބުތަކަށް މިހާރު ދަނީ ކަރަންޓު ދެމުންނެވެ.

އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރުއާއި ހަވާލާދީ ބައެއް މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި އެސިޓީގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ގޮސްފައިވަނީ ސާކިޓަކަށް ދިމާވި މައްސަލައަކާއި ގުޅިގެންނެވެ.

އައްޑޫ ސިޓީއަށް ކަރަންދެމުންދަނީ ފެނަކައިންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.