އެމްޑީޕީގެ "ރާއްޖެ ދަތުރު"ގައި، ހުރިހާ ރަށެއްގައި ބޮޑު ދިދަ ނަގައިފި

އެމްޑީޕީގެ "ރާއްޖެ ދަތުރު"ގައި، ހުރިހާ ރަށެއްގައި ބޮޑު ދިދަ ނަގައިފި

Author
ހުސެއިން
19 މެއި 2023 08:03
0

ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް މަޢުލޫމާތު އެއްކުރުމަށް ރާއްޖޭގެ މީހުންދިރިއުޅޭ ހުރިހާ ރަށަަކަށް އެމްޑީޕީގެ މެމްބަރުން ކުރަމުންދާ ދަތުރުގެ ތެރެއިން، ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ޕާޓީގެ ބޮޑު ދިދަ ނަގައިފިއެވެ.

އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒި އިސްމާއިލް ވިދާޅުވި ގޮތުގައި ޕާޓީގެ ހަރަކާތްތައް އިތުރު ގިޔަރެއް ކުރިއަށް ޖައްސާލާ، އެމްޑީޕީން މުޅި ރާއްޖެއަށް ކުރަމުންދާ "ރާއްޖެ ދަތުރު"ގައި އެޕާޓީގެ ދިދަ ރާއްޖޭގެ ހުރިހާ ރަށެއްގައި ނަގާ، ކެމްޕޭން ޓީމުތައް ރުކުރުވާލުމުގެ މަސައްކަތް ކުރިޔަށް ދާކަމުގައެވެ.

ފައްޔާޒު މިއަދު ކުރެއްވި ޓުވީޓުގައި އިތުރަށް ވިދާޅުވެފައިވަނީ ކުރިޔަށް އޮތް ރިޔާސީ އިންތިޚާބު އެމްޑީޕީން އެއްބުރުން ކާމިޔާބު ކުރާނެ ކަމުގައެވެ.

އެމްޑީޕީން ރައްޖޭގެ ހުރިހާ ރަށަކަށް މިހާރު ކުރަމުންދާ ދަތުރުތަކާއި ގުޅޭގޮތުން، މިހަފްތާގަ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ޗެއާޕާސަންގެ ނައިބު އިބްރާހިމް ވަހީދު (އިބުރޭ) ވިދާޅުވީ އެ ޕާޓީގެ 400 އަށް ވުރެން ގިނަ މީހުން މާލެއިން އެކި ރަށްރަށަަށް ފުރާނެ ކަމަށެވެ. އަދި ކޮންމެ ރަށަކުން ވެސް އެ ޓީމުތަކާއި ޕާޓީގެ މެމްބަރުން ގުޅޭނެ ކަމަށާއި މިއީ މުޅި ޕާޓީގެ ބައިވެރިވުން ހިމެނޭ ހަރަކާތެއް ކަމަށް ވިދާޅުވި އެވެ.

އެ ދަތުރުތަކުގެ މައިގަނޑު މަގުސަދަކީ ޕާޓީއަށް މެމްބަރުން އިތުރު ކުރުމާއި މެނިފެސްޓޯއަށް މައުލޫމާތު އެއްކުރުން ކަމަށްވެސް އެ ޕާޓީން ބުނެ އެވެ.

އެމްޑީޕީން ރިޔާސީ އިންތިހާބުގެ ކެެމްޕޭން ފެށުމަށް ނިންމިއިރު ޕާޓީ ތެރޭގައި ބައިބައިވުން އުފެދި ބައެއް މީހުން ވަނީ ޕާޓީން ވެސް ވަކިވެފަ އެވެ.

އަދި އެންޑީޕީގެ ރައީސް މުހައްމަދު ނަޝީދު އުފެއްދެވިި "ފިކުރެއްގެ ދިރުމުން" ވަނީ އާ ސިޔާސީ ޕާޓީއެއް އުފައްދާ، ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކަން އިއުލާންކޮށްފަ އެވެ. ނަމަވެސް އެ ހަރަކާތުގެ ފަރާތުން އިންތިހާބުގައި ވާދަކުރައްވާނީ ކޮން ބޭފުޅެއް ކަން ހާމައެއް ނުކުރެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޒ ޒާހިރު
ތިއަނަގާދިދައާއެކީގަރައިސްސޯލިޖަގިކާކުޅުޅވެސްނަގާބަލައެމްޑީޕީއަށްސަޕޯޓުކުރާމީހުއްނަކީމިގައުމުގެއަދުއްވުޢްބުނިމަކުއްފާފަވެރިއެއްނުވާނެމިހެއްމިބުނައްޖެހުނީހަމަބުޢްދިހުރިމީހަކުރަގަޅުވިސްނާމީހަކުނަމައަޅުގަނޑުދައްކާވާހަކަގަބޫލުކުރާނެނިކައްވިސްނާނާފިކުރުކޮއްބަލަމާހިގާ).މިސަރުކާރު ވުޖޫދައްއާފަހުއްކުރާނޭދެވޭކަޢްތައްތަކައްބަލައިރުމިރާއްޖޭގެދިފާއީބާރުއަގުވެއްޓާލާއުތުރާދެކުނާހަމައަށްބެލިނަމަވަސްހުރިއެއައާޕޯޓުތަކުގެބާރުއޮތީއިއްޑިއާގެބާރުގެދަސުގަދެޢްބަލަމާހިގާމިގައުމުއް މިގައުގައޮތްއިސްލާމީވަހުދަތުނަގާލުމައްޓަކާމިސަރުކާރުގެބައެޢްއިސްވެރިއްނާއިބައެއްމެއްބަރުކުރާހަޑިހުތުރުފާހިސުއަމަލުތަކުއްވެސްއެކައްގަލޫކުރެވޭނެ)ދެޢބަލަމާހިގާމިގައުމުގެއިޖުތިމާއީފޭރާންވީދިހަލާކުވެގެއްހިގައްޖެރަތްޔިތުއްނައްނިކަމެތިކޮޢލުމައްޓަކާނުކުރާކަމެއްނެއްސަރުކާރުގަފާސާހުސް ވީމަފަސާޖަހާޖަހާގޮތްހުސްވެގެއްމިހާރުކޮތަޅުއްނާއިހަށިގަޑުއްވެސްޖީއެސްޓީނަގަމުއެގެޢްދަނީމިވަރުވެގެއްދާއިރުވެސްއަހަރެމެއްދިވެހިތްލޯމަރާގެއްފާސާއައްދަހިވެތިވެފަ)އަވަހައްއެމްޑީޕީގެދިދަނަގާ