އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އެންމެފަހުން އާ ސިޔާސީ ޕާޓީއެއް އުފައްދަވަން ނިންމަވައިފިކަމަށް ނަޝީދު ބައެއް އަރިސް ފަރާތްތަކުން މައުލުމާތު ދީފިއެވެ.
ނަން ހާމަ ނުކުރުމަށް އެދި "ޚަބަރު އޮންލައިން" އާއި މައުލޫމާތު ހިއްސާކުރި ފަރާތްތަކުން ވިދާޅުވެފައިވާ ގޮތުގައި ނަޝީދު އާ ސިޔާސީ ޕާޓީއެއް އުފައްދަވަން ނިންމެވީ އެމްޑީޕީގެ އެތެރޭގައި ކުރިޔަށް ދެވޭނެ ހުރިހާ މަގުތަކެއް ބަންދުވުމާއި ގުޅިގެންނެވެ.
ޕާޓީގައި ހުންނަވައިގެން އިތުރަށް ސިޔާސީ ހަރަކާތް ކުރިޔަށް ގެންދެވޭކަށް ނެތް. ހުރިހާ ދޮރެއްހެންވަނީ ބަންދު ވެފަ. މިހާރު ނިންމަވައިފި އާ ސިޔާސީ ޕާޓީއެއް އުފައްދަވައިގެން އާ ހިތްވަރަކާއެކު ނިކުންނަވަން.
ނަޝީދުގެ އަރިސް ބޭފުޅަކު ވިދާޅުވިއެވެ.
އާ ސިޔާސީ ޕާޓީއެއް އުފައްދަވަން ނިންމެވި ނަމަވެސް ނަޝީދު އަދި އެމްޑީޕީން ރަސްމީކޮށް ވަކިވެފައެއް ނުވެއެވެ. އެހެންނަމަވެސް ނަޝީދަށް ތާއީދުކުރާ 12 މެމްބަރަކު މިއަދުވަނީ އެމްޑީޕީން ވަކިވާން ނިންމާފައެވެ.
މިއަދު އެމްޑީޕިން ވަކިވާން ނިންމާފައިވާ މެމްބަރުންނަކީ:
- ހަސަން ލަތީފް: ހެންވޭރު ހުޅަނގު ދާއިރާ
-
އީވާ އަބުދުﷲ: ގަލޮޅު އުތުރު ދާއިރާ
-
މުހައްމަދު ރަޝީދު: މައްޗަންގޮޅި އުތުރު ދާއިރާ
-
އިމްތިޔާޒު ފަހުމީ: މާފަންނު އުތުރު ދާއިރާ
-
އިބުރާހިމް ރަޝީދު: މާފަންނު މެދު ދާއިރާ
-
ޔާސިރު އަބުދުއްލަތީފް: ކުޅުދުއްފުށި އުތުރު ދާއިރާ
-
މުހައްމަދު ވަހީދު: އުނގޫފާރު ދާއިރާ
-
ހަސަން ޝިޔާން: ތޮއްޑޫ ދާއިރާ
-
ހަސަން އަފީފު: ވިލުފުށި ދާއިރާ
-
ހުސައިން ފިރުޝާން: މަޑަވެލި ދާއިރާ
-
އިލްޔާސް ލަބީބު: ހުޅުދޫ ދާއިރާ
-
އަހުމަދު ޒާހިރު: ގައްދޫ ދާއިރާ
މިމެމްބަރުންގެ އިތުރުން، މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އެމްޑީޕީގެ ފިޔަވަޅުއަޅާ ކޮމިޓީންވަނީ އެޕާޓީން ވަކިކޮށްފައެވެ.
ކޮމެންޓު ފޮނުވާ