މާލެއިން ގެއްލިގެން ހޯދަމުންދިޔަ މީހާ ފެނިއްޖެ

މާލެއިން ގެއްލިގެން ހޯދަމުންދިޔަ މީހާ ފެނިއްޖެ

Author
މުޙައްމަދު ޝަޒައިމް
17 މެއި 2023 02:01
0

ގެއްލިގެން ހޯދަމުންދިޔަ ދ. ކުޑަހުވަދޫ / ދިލްކަޝްވިލާ، ޢަލީ ޢާތިފް ސާފީ (30އ) ފެނިއްޖެއެވެ.

ފުލުހުން ދެންމެ ވިދާޅުވީ މާލެއިން ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން ހޯދުމުގެ މަސައްކަތް ކުރަމުންދިޔަ މީހާ ފެނިއްޖެ ކަމަށެވެ.

ޢަލީ ޢާތިފް ސާފީ، މެއި 12 ވަނަ ދުވަހުން ފެށިގެން ޚަބަރެއް ނުވެ، ގެއްލިގެން އާއިލާގެ ފަރާތުން ދ. ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނަށް ރިޕޯޓްކޮށްފައިވަނީ މެއި 15 ވަނަ ދުވަހުގެ ވަގުތެއްގައެވެ.

ފުލުހުން ވިދާޅުވީ، ޢާތިފް އަކީ ރިސޯޓެއްގައި މަސައްކަތްކުރާ މީހެއްކަމަށާއި، މިމަހުގެ 11 ވަނަ ދުވަހު އޭނާ މާލެއައި މަޢުލޫމާތު ލިބިފައިވާކަމަށެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.