ކުވައިތު ފަންޑުގެ އެހީގައި ހޮސްޕިޓަލު އަޅަން ދިވެހި ކުންފުންޏަކާއި، އިންޑިއާ ކުންފުންޏަކަށް

ކުވައިތު ފަންޑުގެ އެހީގައި ހޮސްޕިޓަލު އަޅަން ދިވެހި ކުންފުންޏަކާއި، އިންޑިއާ ކުންފުންޏަކަށް

Author
މުޙައްމަދު ޝަޒައިމް
15 މެއި 2023 11:06
0

ކުވެއިތު ފަންޑުން ހަރަދު ކުރާ ގޮތަށް ދިވެހިރާއްޖޭގެ ހަތް ރަށެއްގައި ހޮސްޕިޓަލް އަޅަން މިނިސްޓްރީ އޮފް ހެލްތުން މިއަދު ދެ ކުންފުންޏަކާ 686 މިލިއަން ރުފިޔާއަށް ހަވާލުކޮށްފިއެވެ.

ހޮސްޕިޓަލް އަޅަން ނިންމީ ހދ. ހަނިމާދޫ އާއި ށ. މިލަންދޫ އާއި ނ. ވެލިދޫ އާއި ކ. ތުލުސްދޫ އާއި އދ. މާމިނގިއްޔާއި ވ. ފެލިދޫ އާއި ތ. ވިލުފުށީގަ އެވެ. އެއިން ކޮންމެ ރަށެއްގައި ވެސް އަޅަނީ 30 އެނދުގެ ހޮސްޕިޓަލެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ހެލްތު އަޙްމަދު ނަސީމް ވިދާޅުވީ، މިހޮސްޕިޓަލްތައް ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ، ޒަމާނަށް އަންނަމުންދާ ބަދަލުތަކާއި، އެންމެ ފަހުގެ ޓެކްނޮލޮޖީއާއި އެކުގައިކަމަށެވެ. އަދި ޚިދުމަތްވީހާވެސް ބޮޑަށް ލުއިފަސޭހައިން ފޯރުކޮށްދެވޭނެ އިންތިޒާމު ހަމަޖައްސާފަދައިން މިހޮސްޕިޓަލްތަކަށް ބޭނުންވާ އިންސާނީ ވަޞީލަތްތައްވެސް ތަރައްޤީކުރަން ދުރާލާ އިސްކަން ދެއްވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މަސައްކަތް ހަވާލު ކުރީ ޑިއުޕްލެކްސް ޕްރައިވެޓް ލިމިޓެޑް ކިޔާ ދިވެހި ކުންފުންޏަކާއި އާނަންދު ބިލްޑް ޓެކް ކިޔާ އިންޑިއާގެ ކުންފުންޏަކަށެވެ. ހޮސްޕިޓަލް އަޅަން ނިންމި ރަށްތަކުގެ ހަނިމާދޫ އާއި މާމިނގިއްޔާއި ފެލިދޫ އާއި ވެލިދޫގެ ހޮސްޕިޓަލް އަޅަން ހަވާލު ކުރީ ދިވެހި ކުންފުންޏާއެވެ. އިންޑިއާ ކުންފުންޏާ ހަވާލު ކުރީ މިލަންދޫ، ވެލިދޫ އަދި ތުލުސްދޫގައި ހޮސްޕިޓަލު އެޅުމަށެވެ.

އެންމެ ޒަމާނީ ވަޞީލަތްތަކާއެކު މި 7 ރަށުގައި ހޮސްޕިޓަލު ތަރައްޤީކުރަނީ ތިމާވެއްޓާއި ރައްޓެހި ޙަކަތަ ބޭޏުންކުރާގޮތަށެވެ. އެގޮތުން ހަކަތައަށް ކުރާ ހޭދަ ކުޑަކުރެވޭނެހެން ކޮންމެ ހޮސްޕިޓަލެއްގައިވެސް 150 ކިލޯވޮޓްގެ ސޯލާޕީވީ ނިޒާމު ޤާއިމުކުރުމަށްވަނީ ހަމަޖެހިފައެވެ.

ހަމައެއާއެކު ޚިދުމަތުގެ ފެންވަރު މަތިކުރުމަށް މިހުރިހާ ހޮސްޕިޓަލެއްގެ ހުރިހާ އެނދަކަށްވެސް ޕައިޕްޑް އޮކްސިޖަނާއި، މެޑިކަލް އެއަރ އަދި ސަކްޝަންގެ ޚިދުމަތް ދެވޭނެ އިންތިޒާމު ހަމަޖައްސާފައި ހުންނާނެކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއެވެ. އަދި ހޮސްޕިޓަލްތަކަށް ބޭނުންވާ އޮކްސިޖަން ފުޅި ސަޕްލައިކުރުމަށް ހޮސްޕިޓަލްތަކުގައި އޮކްސިޖަން ޕްލާންޓްތައް ޤާއިމްކުރުމަށްވެސް ހަމަޖެހިފައެވެ.

މި ހުރިހާ ހޮސްޕިޓަލްތަކެއްގެ މަސައްކަތްވެސް ދޮޅު އަހަރުތެރޭގައި ތެރޭގައި ނިންމައި ސަރުކާރާއި ޙަވާލުކުރުމަށްވަނީ ކަނޑައަޅުއްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ސ ސަހިންދާ
ތާކުން ފައިސާކޮޅެއް ލިބުނަސް އިންޑިޔާ އާލަތންނަށް ތި ބައި އަޅަނީ އަމިއްލަ ޖީބަޢް ވައްދާ ވަރު ބޮޑު ކުރަން ...އެހެންޏާ އިންޑިޔާ ފަރަންގިންނަކީ ކަމެއް މިގައުމުގަ އަދި އެހެން ގައުމެއްގަވެސް ރަނގަޅަށް ކުރާ ބައެއް ނޫންކަން މިހާރުވެސް އެހެރީ ފެންނަން...އައިޖީ އެމްއެޗު ބުރިޖު...ދެމަސް ނުވާނެ އަތައް ގޮވާނެ!!!ދިވެހިންނަށް ހަލާކު ހުރި!!!!