ވައްކަން ކުރާ މީހުންނަށް އެތައްހާސް ދުވަހެއް ލިބޭނެ ކަމަށާއި، ނަމަވެސް އެކަމަށް ފާރަވެރިވާ މީހަކަށް ލިބޭނީ އެކަމުގައި އެކަން ކުރާ މީހަކު އަތުލައިގަތުމަށް އެއްދުވަސް ކަމުގައި ދީނީ އިލްމުވެރިޔާ ޑރ.މުހައްމަދު އިޔާޒު ވިދާޅުވެއްޖެއެވެ.
ޑރ.އިޔާޒު މިހެން ވިދާޅުވީ ރ. ފުއްގިރި މައްސަލާގައި ކުރީގެ ރައީސް ޔާމީންގެ މައްޗަށް ކުރާ ދައުވާގައި ކްރިމިނަލް ކޯޓުގެ ނިންމުންތަކާ ދެކޮޅަށް އެމަނިކުފާނު ހުށަހެޅުއްވި އިސްތިއުނާފް ސުޕްރީމް ކޯޓުން ވެސް އެމަނިކުފާނަށް މިރޭ ނާކާމިޔާބުވިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ކުރެއްވި ޓުވީޓެއްގައެވެ.
އިުޔާޒުގެ ޓުވީޓަށް ރައްދު ދީފައިވަނީވެސް ގިނަ އިން ޕީޕީއެމްއަށް ނިސްބަތްވާ ބޭފުޅުންނެވެ. ވ. އާރަށް މައްސަލާގައި ކުށް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ޔާމީންގެ މައްޗަށް ފުއްގިރި މައްސަލާގައި ދައުވާކުރަނީ އެރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތު ގަބޫލު ކުރައްވައި އަދި އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެއެވެ.
ވަގަކަށް ހާސް ދުވަސް، ވެރިޔަކަށް އެއް ދުވަސް.
— Dr.Mohamed Iyaz (@dr_iyaz) May 15, 2023
މިރޭ ސުޕްރީމް ކޯޓުގައި ބޭއްވުނު ޝަރީއަތުގެ މަޖިލިހުގައި ފަނޑިޔާރު ހުސްނުއްސުއޫދު ކުރެއްވި ހުކުމުގައި ވިދާޅުވެފަައިވަނީ މިމައްސަލާގައި ހައި ކޯޓުން ކޮށްފައިވާ ހުކުމަށް ބަދަލު ގެންނާންޖެހޭ އެއްވެސް ސަބަބެއް ނެތްކަަމުގައެވެ. އަދި ހުކުމުގައި ވިދާޅުވެފައިވަނީ، މި ހުކުމަށް ވާސިލްވުމަށް ސުޕްރީމްކޯޓުން ފާހަގަ ކޮށްފައިވާ ކަންކަމާއި ތައާރަޒްވާ މިންވަރަށް ހައި ކޯޓުގެ ހުކުމުގައި ބަޔާން ކޮށްފައިވާ ކަންކަން ބާތިލްވާނެ ކަމަށެވެ.
ދޮޅު ގަޑިއިރަށް މިރޭ ދިގު ދެމިގެންދިޔަ، ރައީސް ޔާމިންވެސް ހާޒިރުވެ އިންނެވި މި ޝަރީއަތުގެ މަޖިލިހުގައި ފަނޑިޔާރު ހުސްނުއްސުއޫދުވަނީ، ދަށުކޯޓުގައި ހިގަމުންދާ ފުއްގިރި މައްސަލާގައި އަދީބުއާއި ޒިޔަތުގެ ހެކިބަސް ބަލައި ނުގަނެވޭނެކަމަށް ޔާމީންގެ ވަކީލުން ފާހަގަކޮށްފައިވާ އެންމެހާ ނުކުތާތަކަށް ވަރަށް ތަފްސީލު ގޮތެއްގައި ޖަވާބު ދެއްވާފައެވެ.
ސުޕްރީމް ކޯޓުން ނިންމީ ކްރިމިނަލް ކޯޓުގެ ނިންމުމުގައި ސަބަބު ބަޔާން ކޮށްފައި ނެތުމަކީ އެ ކޯޓުން ރަނގަޅަށް ކުރި ކަމެއް ނޫން ކަމަށެވެ. ނަމަވެސް އެ މަރުހަލާ ކްރިމިނަލް ކޯޓުން އަލުން ކުރިއަށް ގެންދަން އަމުރު ނުކުރެވޭނެ ކަމަށް ހުކުމުގައިވެއެވެ. ސަބަބެއްގެ ގޮތުގައި ހުކުމުގައިވަނީ ކްރިމިނަލް ކޯޓުގެ ޝަރީއަތުގެ މަރުހަލާ ފެށިފައިވާތީ އާއި އަދި އެ ހެކިތައް މިވަގުތު ބަލައިގަތަސް، ޝަރީއަތުގެ މަރުހަލާގައި އެ ހެކިތައް މައްސަލައާ ގުޅޭތޯ ނުވަތަ ނޫންކަމާ މެދު ބަހުސްކޮށް، ގޮތް ނިންމުމުގެ ފުރުސަތު އޮތުމުންނެވެ.
އެ މައްސަލައާ ގުޅޭ ލިޔުންތަކެއް ހާމަކުރަން ނުޖެހޭނެ ކަމަށް ނިންމާފައިވާ ނިންމުމަށް ވެސް ސުޕްރީމް ކޯޓުން ތާއީދުކުރި އެވެ. ސުޕްރީމް ކޯޓުގެ ހުކުމުގައިވަނީ ޖިނާއީ އިޖްރައާތުގެ ގާނޫނުގެ ދަށުން ހާމަކުރަން ޖެހޭނީ ތަހުގީގީ އިދާރާތަކުގައި ހުންނަ މައުލޫމާތުތައް އެކަނި ކަމަށް ހުކުމުގައިވެއެވެ.
ރ. ފުއްގިރީގެ މައްސަލާގައި ސުޕްރިމްކޯޓުން މިރޭ ކުރެއްވި ހުކުމާއެކު މިމައްސަ ދަށު ކޯޓުގައި ކުރިޔަށް ދިއުމަށް މިހާރު އެއްވެސް ހުރަހެއް ހުރިމަތިވެފައެއް ނުވެއެވެ. އަދި ބެލެވޭ ގޮތުގައި މިމައްސަލާގައި ކުރިމިނަލް ކޯޓުން ކޮށްފައިވާ ތާވަލާއެއްގޮތަށް ދެން މިމައްސަ ކުރިޔަށް ދާނެއެވެ. އެހެންނަމަގެސް ޔާމިންގެ ފަރާތުން ގެންދަވަނީ، ކުރިމިނަލް ކޯޓުގައި މައްސަލަ ކުރިޔަށް ގެންދަނީ ހައްގުތައް ގެއްލޭގޮތަށް މާ ބާރަށްކަމަށް ވިދާޅުވަމުންނެވެ.
3 Responses
މިހާރަކު ފުރާޅުން ޓިނެއް ނުނެގޭނެއެވެ. އަނިޔާ ވެރިންނަށް ދުނިޔޭގައި ވެސް ޖަޒާލިބޭނެއެވެ.
ޡިޔާޒު ބުނެބަލަ އިސްލާމީ ސަރުއަތުގައި ފާސިގުންގެ ބަސްގަބޫލު ކުރޭތޯ، އަދީބް ެަެަެަެަެަެަެަެަެަެަަަަަަަަަަަަަަަަަަަައާއި ޒިޔަތު އަކީ ރައީސް ޔާމީންގެ އަދާވަތްތެރި ދެމީހުން ކަން ނޭގެނީތޯ.
ސޯލިހަށް ކިތައް ދުވަސް