ހުޅުމާލޭގައި އެޑިއުކޭޝަނަލް އިންސްޓިޓިއުޓެއް ބިނާކުރަން އެއްބަސްވުމެއްގައި ސޮއި ކޮށްފި

ހުޅުމާލޭގައި އެޑިއުކޭޝަނަލް އިންސްޓިޓިއުޓެއް ބިނާކުރަން އެއްބަސްވުމެއްގައި ސޮއި ކޮށްފި

Author
ހުސެއިން
14 މެއި 2023 06:59
0

ހުޅުމާލޭގައި އެޑިއުކޭޝަނަލް އިންސްޓިޓިއުޓެއް ބިނާކުރުމަށް އަލް މަދީނާ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާއެކު އާބަންކޯއިން އެއްބަސްވުމެއްގައި ސޮއި ކޮށްފިއެވެ.

އާބަންކޯއިން ބުނެފައިވަނީ، ހުޅުމާލޭގައި އެޑިއުކޭޝަނަލް އިންސްޓިޓިއުޓެއް ބިނާ ކުރުމަށް މަދީނާ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާއެކު މިއަދު ފްރޭމްވޯރކް އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމުގައެވެ.

މި އެއްބަސްވުމުގައި އާބަންކޯގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު އާތިފެވެ. އަދި އަލް މަދީނާގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަލީ އަހްސަންއެވެ.

އާބަންކޯއިން ބުނެފައިވަނި އެއްބަސްވުމުގެ ދަށުން ބިނާކުރާ އިންސްޓިޓިއުޓް ބިނާކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ފޭސް 1ގައި ކަމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.