ނަޝީދަށް ކުރި ތާއީދު އަނބުރާ ގެންގޮސް، ސަރަނގޭ ރައީސް ފަޅިއަށް

ނަޝީދަށް ކުރި ތާއީދު އަނބުރާ ގެންގޮސް، ސަރަނގޭ ރައީސް ފަޅިއަށް

Author
ހުސެއިން
14 މެއި 2023 05:59
0

މާލޭ ސިޓީ ކައުންސިލްގެ ކުރީގެ މޭޔަރު ސަރަނގު އާދަމްމަނިކު ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް ސާލިހަށް ތާއީދުކުރަން ނިންމަވައިފިއެވެ.

އޭނާއަކީ ފާއިތުވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރެއްވި ބޭފުޅެކެވެ. ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ސަރަނގޭ ވިދާޅުވެފައިވަނީ "އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް"އަށް ދެވަނަ ދައުރެއް ދޭންޖެހޭކަމަށް ގަބޫލު ކުރައްވާކަމަށާއި، އޭނާ ހުންނެވީ އެއްބުރުން ރައީސް ސާލިހަށް އިންތިޚާބު ކާމިޔާބު ކޮށްދިނުމަށް މަސައްކަތް ކޮށްދެއްވުމަށް ތައްޔާރަށް ކަމުގައެވެ.

ސަރަނގޭ ވިސްނުން ބަދަލުކޮށް، ރައީސް ސާލިހަށް ތާއީދު ކުރަން ނިންމާފައިވާއިރު، އޭނާ ވަނީ ހުޅުމާލެ ދާއިރޭގެ މެމްބަރު އަލީ ނިޔާޒުއާއި ރައްޔިތުންގެ މަޖިލިހުގެ ކުރީގެ ނާއިބުރައީސް މޫސާ މަނިކާއި އަދި އެމްޑީޕީގެ ޕީޖީ ލީޑަރު މުހައްމަދު އަސްލަމާއި ބައްދަލު ކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.