ޖާންވީ ދެން ފެނިގެން ދާނީ ޕޮލިޓިކަލް ފިލްމް އަކުން

ޖާންވީ ދެން ފެނިގެން ދާނީ ޕޮލިޓިކަލް ފިލްމް އަކުން

Author
ފާތިމަތު ނާވީ
15 މެއި 2023 05:42
0

ބޮލީވުޑްގެ ޒުވާން ބަތަލާ ޖާންވީ ކަޕޫރު އަދި ނުފެންނަ ފަދަ ރޯލަކުން ފެންނަން ތައްޔާރުވެއްޖެއެވެ. އޭނާ ސޮއި ކޮށްފައިވަނީ  ޕޮލިޓިކަލް ތުރިލާއަކަށް އަކަށެވެ.

މީ ޖާންވީގެ ކެރިއަރުގައި މިފަދަ ރޯލަކުން ފެނިގެންދާ ފުރަތަމަ ފަހަރެވެ. އެހެން ކަމުން މި ފިލްމް އަކީ ވަރަށް އިންތަރްސްޓިންގ ފިލްމް އަކަށް ވެގެން ދާނެ ކަމަށް ބެލެވެއެވެ.

 

View this post on Instagram

 

A post shared by Janhvi Kapoor (@janhvikapoor)

ޖަންގްލީ ޕިކްޗާސް އިން ޕްރޮޑިއުސްކުރާ މި ފިލްމުގެ ނަމަކީ "އުލަޖް" އެވެ. ޖަންގްލީ ޕިކްޗާސް އިން މީގެ ކުރިން ވަނީ ކާމިޔާބު އެތަށް ފިލްމް އެއް ގެނެސްދީފައިއެވެ. އެގޮތުން ރާޒީ" ފަހަގަ ކޮށްލެވެއެވެ.

މީގައި ޖާންވީއާ އެކީ ގިން އަދަދެއްގެ ފިރިހެން އެކްޓަރުން ތަކެއް ފެނިގެންދާނެއެވެ. ޖާންވީ އާއި އެކުގައި ލީޑުން ވެސް ފެނިގެން ދާނީ މާ މަޝްހޫރު ނޫން އެކްޓަރުން ކަމުގައިވާ ގުލްޝަން ދެވިއާ އާއި ރޯޝަން މެތިއު އެވެ. މިފިލްމް ގެ ކާސްޓުގައި މިޔަންގް ޗަންގް، ސަޗިން ކެޑޭކަރް، ރާޖަންދުރަ ގުޕްތާ އަދި ޖިތެންދުރަ ޖޯޝީ ވެސް ހިމެނެއެވެ.

މި މަސް ނިމުމުގެ ކުރިން ޝޫޓިންގ ފެށުމަށް މަސައްކަތް ކުރަމުން އަންނަ މި ފިލްމްގެ ޑައިރެކްޓަރަކީ ނޭޝަނަލް އެވޯޑް ހާސިލްކޮށްފައިވާ ސުދާންޝޫ ސާރިއާ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.