ޖަލަށް ވައްދަން އުޅުނު މަސްތުވާތަކެއްޗާއެކު ޖަލު އޮފިސަރެއް ހައްޔަރުކޮށް، ސަސްޕެންޑްކޮށްފި

ޖަލަށް ވައްދަން އުޅުނު މަސްތުވާތަކެއްޗާއެކު ޖަލު އޮފިސަރެއް ހައްޔަރުކޮށް، ސަސްޕެންޑްކޮށްފި

Author
މުޙައްމަދު ޝަޒައިމް
13 މެއި 2023 11:57
0

ކ. ހިންމަފުށީގައި ހުންނަ އައްސޭރި ޖަލަށް ވައްދަން މަސައްކަތް ކުރި މަސްތުވާތަކެއްޗާއެކު ޖަލު އޮފިސަރެއް ހައްޔަރުކޮށްފިއެވެ.

ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު ވިދާޅުވީ، އިންޓެލިޖަންސްއަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތާއި، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އައްސޭރިޖަލަށް ވައްދަން މަސައްކަތް ކުރި މަސްތުވާތަކެތި، އެ ސަރވިސްގެ އޮފިސަރަކާއި އެކު އަތުލައިގަނެވިފައިވާކަމަށެވެ. އަދި އެ އޮފިސަރު ފުލުހުން ހައްޔަރުކޮށްފައިވާއިރު، ކަރެކްޝަނަލް ސަރވިސްގެ ޚިދުމަތުންވެސް އޭނާ ސަސްޕެންޑްކޮށްފައިވާކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ.

ކޮމިޝަނަރ ވަނީ މިފަދަ ކަންކަމުގައި މަދުންނަމަވެސް ޖަލު ބަލަހައްޓާ އޮފިސަރުން ބައިވެރިވާކަން ފާހަގަކުރައްވާ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ހައްޔަރު ކުރި އޮފިސަރުގެ ވަނަވަރެއް ކަރެކްޝަނުން ހާމައެއް ނުކުރެއެވެ.

ރާއްޖޭގައި ހިންގާ ޖަލުތަކަށް ޤަވާއިދާ ޚިލާފަށް އެއްޗެހި ވެއްދުމާއި، އެނޫންވެސް ގޮތްގޮތުން ޤާނޫނާ ޚިލާފުވާ ޖަލު އޮފިސަރުންނާ ދެކޮޅަށް އޮޕަރޭޝަން ހިންގައި މީގެ ކުރިން ބައެއް އޮފިސަރުން ހައްޔަރުކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.