ފޭސް ދޭއްގައި ހިނގި އެކްސިޑެންޓު އަނިޔާވި ޒުވާނާ ނިޔާވެއްޖެ

ފޭސް ދޭއްގައި ހިނގި އެކްސިޑެންޓު އަނިޔާވި ޒުވާނާ ނިޔާވެއްޖެ

Author
ހުސެއިން
13 މެއި 2023 05:30
0

ހުޅުމާލެ ފޭސް 2 ގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި 20 އަހަރުގެ ޒުވާނާ ނިޔާވެއްޖެއެވެ.

މިއެކްސިށެންޓި ހިނގާފައިވަނީ ޕިކަޕަކާއި ސައިކަލެއް މުޑިއަރައިގެންނެވެ. އެކްސިޑެންޓު ވުމާއެކު މި ޒުވާނާއަށް އެންމެ ފުރަތަމަ ފަރުވާ ދީފައިވަނީ ހުޅުމާލޭ ހޮސްޕިޓަލުގައެވެ. އެއަށްފަހު އައިޖީއެމްއެޗްއަށް ބަދަލުކޮށް ވެންޓިލޭޓަރުގައި އޭނާއަށް ފަރުވާ ދީފައި ވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވެފައިވަނީ ހދ. ނެއްލައިދޫއަށް ނިސްބަތްވާ އަހްމަދު ޒައިން ނަމަކަށް ކިޔާ ޒުވާނެކެވެ. ނިޔާވި ޒުވާނާގެ ކަށުނަމާދު ބޭއްވިފައިވަނީ ރޭގެ ފަތިސް ނަމާދަށް ފަހުއެވެ.

ހުޅުމާލެއަށް ދާން އޮންނަ ބުރިޖާއި ހައިވޭ އަދި ފޭސް2 ގެ މަގުތަކުގައި ފަހަކަށް އައިސް ގިނަ އެކްސިޑެންޓުތައް ހިނގާ ފުރާނައަށް ނުރައްކާ ވެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.