ޢުމްރާއަށް މީހުން ގެންދަން ކުރިމަތިލާން ހުޅުވާލއިފި

ޢުމްރާއަށް މީހުން ގެންދަން ކުރިމަތިލާން ހުޅުވާލއިފި

Author
ޢަލީ އާދަމް
11 މެއި 2023 09:38
0

ޢުމްރާއަށް، ރާއްޖެއިން މީހުން ގެންދަން ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އިސްލާމިކް މިނިސްޓްރީން ހުޅުވާލައިފިއެވެ.

މިކަމަށް އެދި ހުށަހަޅާ ޕްރޮޕޯސަލްތައް ބަލައިގަންނާނީ އާދިއްތަ ދުވަހުން ފެށިގެން މިމަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށްކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

ރާއްޖެއިން ޢުމްރާއަށް މީހުން ގެންދެވޭނީ %100 ދިވެހި ކުންފުނިތަކަށެވެ. އަދި އެފަދަ ކުންފުނިތަކުގެ ޑިރެކްޓަރުންނަކީ ޖިނާއީ ކުށެއްގައި ހުކުމެއް ތަންފީޒު ކުރަމުންދާ މީހެއްކަމުގައި ނުވުމާއި ވޭތުވެދިޔަ 5 އަހަރުދުވަހުގެ މުއްދަތުގައި މައްޗަށް ޖިނާއީ ހުކުމެއް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުމަކީ ހުއްދައަށް އެދުމުގެ ޝަރުޠެކެވެ. އުމްރާއަށް ގެންދިއުމަށް ކޮންމެ ކުންފުންޏަކަށްވެސް ހުއްދަ ދޫކުރަނީ ދެ އަހަރު ދުވަހުގެ މުއްދަތަށެވެ.

ރާއްޖެއިން ޢުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދަ 43 ކުންފުންޏަކަށް ދޫކޮށްފައި މިހާރުވެސް އެބައޮތެވެ. އޭގެތެރެއިން 24 ކުންފުންޏެއްގެ ހުއްދަ މިމަހަށް ހަމަވާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.