އިސްލާމްދީނަށް މީހުން އަހުލުވެރިކުރުމާ ގުޅޭގޮތުން ލަންކާ ސަފީރާއި މަޝްވަރާކޮށްފި

އިސްލާމްދީނަށް މީހުން އަހުލުވެރިކުރުމާ ގުޅޭގޮތުން ލަންކާ ސަފީރާއި މަޝްވަރާކޮށްފި

Author
މުޙައްމަދު ޝަޒައިމް
11 މެއި 2023 08:40
0

އިސްލާމްދީނަށް މީހުން އަހުލުވެރިކުރުމާ ގުޅޭގޮތުން ކުރެވިދާނެ ކަންކަންކަމާމެދު ސްރީލަންކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު އާދަމް މަޒްރަވީ ޖައުފަރު ޞާދިޤާއި، އިސްލާމިކް މިނިސްޓަރު މަޝްވަރާކުރައްވައިފިއެވެ.

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގައި ބޭއްވި މި ބައްދަލުވުމުގައި ސަފީރުވަނީ އިސްލާމްދީނާގުޅޭ ސައްޚަ މަޢުލޫމާތު އެ ޤައުމުގެ ރައްޔިތުންނަށް ދިނުމުގެ މުހިންމުކަމާއި، އެޤައުމުގައި އިސްލާމްދީނުގެ ކަންކަން ކުރިއަށްދާ ގޮތްތައް ތަފްސީލްކޮށްދެއްވާފައެވެ. އަދި ދީނީ ކަންކަމުގައި އެ ޤައުމަށް ރާއްޖޭގެ އެހީތެރިކަން ބޭނުންވާކަމަށާއި ސްރީލަންކާގެ މުސްލިމުންނަށް ދީނީގޮތުން ބޭނުންވާ އެހީތެރިކަމާއި އިސްލާމްދީނަށް މީހުން އަހުލުވެރިކުރުމާ ގުޅޭގޮތުން ކުރެވިދާނެ ކަންކަންކަމާމެދު މި ބައްދަލުވުމުގައި ވަނީ މަޝްވަރާކުރެވިފައެވެ.

މި ބައްދަލުވުމުގައި އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ޢަލީ ދެއްކެވި ވާހަކަފުޅުގައި ސަފީރު އެދިވަޑައިގެންނެވި ފަދައިން، މިނިސްޓްރީގެ މެންޑޭޓްގެ ތެރޭގައި ހިމެނޭ ކަންކަމުގެ ތެރެއިން އިސްލާމްދީން ފެތުރުމާއި، އިސްލާމްދީނުގެ މަޢުލޫމާތުތައް ފޯރުކޮށްދެއްވުމަށް މަސައްކަތް ކޮށްދެއްވާނެކަމަށް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.