އިސްރާއީލުގެ ހަމަލާތަކުގައި އިސްލާމިކް ޖިހާދުގެ ކޮމާންޑަރަކު ޝަހީދުވެއްޖެ

އިސްރާއީލުގެ ހަމަލާތަކުގައި އިސްލާމިކް ޖިހާދުގެ ކޮމާންޑަރަކު ޝަހީދުވެއްޖެ

އިސްރާއީލުން ގާޒާއަށް ދެމުންދާ ހަމަލާތަކުގައި އިސްލާމިކް ޖިހާދުގެ އިސް ކޮމާންޑަރަކު ޝަހީދުވެއްޖެކަން އެ ޖަމާއަތުން ހާމަކޮށްފިއެވެ.

އިސްލާމިކް ޖިހާދުން ބުނެފައިވަނީ، ބުރާސްފަތު ދުވަހުގެ ފަތިހުގެ ވަގުތުގައި އިސްރާއީލުން ދިން ބޮމުގެ ހަމަލާގައި އެ ޖަމާއަތުގެ ރޮކެޓް ލޯންޗު ޔުނިޓުގެ ކޮމާންޑަރު އަލީ ޢާލީ ޝަހީދުވެފައިވާ ކަމުގައެވެ. އޭނާ ޝަހީދުވެފައިވަނީ ގާޒާގެ ދެކުނުގެ ޚާން ޔޫނުސް ކޭމްޕުގައި ހުންނަ ގެއަކަށް އިސްރާއީލުން ދިން ބޮމުގެ ވަރުގަދަ ހަމަލާއެއްގައި ކަމަށްވެސް އިސްޖިހާދުން ހާމަ ކޮށްފައި ވެއެވެ.

އަލާ ޢާލީ އަކީ އިސްލާމިކް ޖިހާދުގެ ރޮކެޓް ލޯންޗު ޔުނިޓްގެ އިސް ކޮމާންޑަރެއްގެ އިތުރުން އެ ޖަމާއަތުގެ މިލިޓަރީ ކައުންސިލްގެ އިސް ބޭފުޅެއްވެސްމެއެވެ. އޭނާވަނީ، 2014 ވަނަ އަހަރު އިސްރާއީލާއި ފަލަސްތީނުގެ ހަނގުރާމަވެރި ޖަމާއަތްތަކުން ކުރި ހަނގުރާމާގައިވެސް އޭނާ ޝަހީދު ކޮށްލުމަށް އިސްރާއީލުން ދިން ހަމަލާތަކުން ސަލާމަތްވެވަޑައިގެންފައެވެ.

އަލީ ޢާލީ ޝަހީދުވުމާއި ގުޅިގެން ނެރުނު ބަޔާނެއްގައި އިސްލާމިކް ޖިހާދުންވަނީ ހިތާމަ ފާޅުކޮށްފައެވެ. އެހެންނަމަވެސް އޭނާ ޝަހީދުވުމާއި ގުޅޭ އެހެން މައުލޫމާތެއްވެސް، އަދި ރައްދުގައި ގާޒާއިން އިސްރާއީލަށް ދެމުންދާ ހަމަލާތަކާއި ގުޅޭ މައުލޫމާތެއްވެސް އިސްލާމިކް ޖިހާދު ޖަމާއަތުން އަދި ހާމަކޮށްފައެއް ނުވެއެވެ.

ފާއިތުވެދިޔަ ދެދުވަސްމަތިން އިސްރާއީލުން ގާޒާއަށް ދެމުންދާ ހަމަލާތަކުގެ ބަދަލުގައި ގާޒާއިންވަނީ އިސްރާއީލަށް އަމާޒުކޮށް މިހާތަނަށް 400 ރޮކެޓް ހަމަލާ ފޮނުވާލާފައެވެ. މި ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ ގިނަ އަދަދެއްގެ އާންމު ރައްޔިތުންވަނީ ޝަހީދުވެފައެވެ.

އިސްރާއީލުން ބުނެފައިވަނީ މި ރޮކެޓްތަކުގެ ތެރެއިން ގިނަ ރޮކެޓްތައް އެގައުމުގެ އަޔަން ޑޯމް ޑިފެންސް ސިސްޓަމްއިން ވައްޓާލާފައިވާކަމުގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *