އިސްރާއިލުން ހިސާރުކޮށްފައިވާ ފަލަސްތީނުގެ ގާޒާ ސްޓްރިޕަށް ދިން ބޮމުގެ ހަމަލާތަކެއްގައި ދެ މީހަކު ޝަހީދު ކޮށްލައިފިއެވެ.
ފަލަސްތީނުގެ އެމްބިއުލާންސް ޕަރަމެޑިކްސްއިން ބުނެފައިވަނީ އިސްރާއީލުން ދީފައިވާ މި ހަމަލާތައް އަމާޒު ކޮށްފައިވަނީ ގާޒާގެ ދެކުނުގައި ދެއްވަމުން ދިޔަ ކާރަކަށް ކަމުގައެވެ.
އިސްރާއީލުގެ މި ހަމަލާއަކީ، ގާޒާއަށް ބޮމުގެ ގިނަ ހަމަލާތަކެއްދީ ފަލަސްތީނުގެ 13 މީހަކު ޝަހީދުކޮށްލިތާ މަދު ގަޑިއިރުތަކެއް ފަހުން ދީފައިވާ ބޮމުގެ ހަމަލާތަކެކެވެ. އެ ހަމަލާތަކުގައި އިސްލާމިކް ޖިހާދު ޖަމާއަތުގެ 3 މެމްބަރެއްގެ އިތުރުން އަންހެނުންނާއި ކުޑަކުދިންވެސް ޝަހީދު ވެފައި ވެއެވެ.
ފަހުން ދިން ބޮމުގެ މި ހަމަލާއަށްފަހު އިސްރާއީލުގެ އަސްކަރިއްޔާގެ ޓުވިޓަރގައި ބުނެފައިވަނީ އެ ހަމަލާއަކީ އެންޓިޓޭންކް ގައިޑެޑް މިސައިލް އަޕަރޭޓް ކުރަމުންދިޔަ "ޓެރަރިސްޓުންނަށް" އަމާޒުކޮށް ދީފައިވާ ހަމަލާތަކެއް ކަމުގައެވެ.
ކޮމެންޓު ފޮނުވާ