ލަހެއް ފަހެއްނެތި ކެމްޕޭނަށް ނުކުތުން އަވަސްކުރުމަށް ގާސިމް އަންގަވައިފި

ލަހެއް ފަހެއްނެތި ކެމްޕޭނަށް ނުކުތުން އަވަސްކުރުމަށް ގާސިމް އަންގަވައިފި

Author
ހުސެއިން
09 މެއި 2023 11:45
0

ރިޔާސީ އިންތިޚާބު 2023ގެ ކެމްޕޭން ފެށުމަށްޓަކައި ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ނިންމައި، ލަހެއް ފަހެއްނެތި ކެމްޕޭނަށް ނުކުތުން އަވަސްކުރުމަށް ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބުރާހިމް އެޕާޓީގެ ލީޑަރޝިޕަށް އަންގަވައިފިއެވެ.

މިކަން ހާމަ ކޮށްފައިވަނީ ޖުމުހުރީ ޕާޓީގެ އެއް ނާއިބު ލީޑަރު އިގްބާލް އާދަމް ކުރެއްވި ޓުވީޓެއްގައެވެ. އިގްބާލުގެ ޓުވީޓުގައި އޭނާވަނީ ޕާޓީގެ ލީޑަރޝިޕްގެ ބައެއް ބޭފުލުން ބައްދަލު ކުރައްވަމުން ގެންދަވަނިކޮށް ނަގާފައިވާ ފޮޓޯއެއްވެސް ޓުވީޓު ކޮށްފައެވެ.

ލަހެއް ފަހެއްނެތި ރިޔާސީ އިންތިޚާބުގެ ކެމްޕޭންގެ ތައްޔާރީތައް ވުމަށް ގާސިމް ޕާޓިއަންގާފައިވާއިރު، ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި، ކޯލިޝަންއަކާ ނުލާ، ގިނިކަންޏާ ވާދަކުރަން ޖެހުނުކަމުގައިވި ނަމަވެސް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނޭކަމުގައި ގާސިމްވަނީ އިއްޔެ ވިދާޅުވެފައެވެ.

ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނޭކަން އިއުލާން ކުރައްވާ، އަދި ނަޝީދު އިސްވެ ހިންގަވާ ފިކުރެއްގެ ދިރުން ސިޔާސީ ހަކަތާއެކު ކޯލިޝަން ހެއްދެވިކަން އިއުލާން ކުރެއްވިފަހުން، ގާސިމް ހަނު ހުންނަވަމުން ގެންދަވާތީ، ގާސިމް ރިޔާސީ އިންތިޚާބުގައި ވާދަނުކުރައްވަފާނޭކަމަށް ބައެއް ފަރާތްތަކުން ސުވާލު އުފައްދާ އަދި ސަޕޯޓަރުންގެ މެދުގައި ނުތަނަވަސް އުފެދިފައި ވަނިކޮށް، އިއްޔެ ބޭއްވި ޖޭޕީގެ ކައިންސިލް ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވެފައިވަނީ ރިޔާސީ އިންތިޚާބަށް ގިނިކަންޏާ ނުކުންނަވަން ޖެހުނު ކަމުގައިވި ނަމަވެސް އިންތިޚާބުގައި ވާދަކު ކުރައްވާނޭ ކަމުގެ ޔަގީންކަން ކައުންސިލް މެމްބަރުންނަށް ދެއްވާފައެވެ.

އަޅުގަނޑު އިރާދަކުރެއްވިއްޔާ ރިޔާސީ އިންތިޚާބުގައި ވާދަކުރާނަން، އެކަނި ނުކުންނަން ޖެހުނަސް ނުކުންނާނަން.

މިއަދު ބޭއްވުނު ޖުމުހޫރީ ޕާޓީގެ ކައުންސިލް ބައްދަލުވުމުގައި ޤާސިމް ވިދާޅުވެފައި ވެއެވެ.

ގާސިމް އިބުރާހިމް ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވާނޭކަން އިއުލާން ކުރެއްވުމަށްފަހު، ސިޔާސީ ޕާޓީތަކަށް ވަނީ ކޯލިޝަންގެ ދައުވަތުވެސް ފޮނުވާފައެވެ. އެހެންނަމަވެސް ގާސިމް އިބުރާހިމްގެ ޖުމުހޫރީ ޕާޓީއާއެކު މިހާތަނަށް ކޯލިޝަން ހަދާފައިވަނީ ނަޝީދުގެ ފިކުރެއްގެ ދިރުމުން އެކަންޏެވެ.

އެއަށްފަހު، ނަޝީދުގެ ފަރާތުން ބަރުލަމާނީ ނިޒާމަކަށް ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ހުށަހެޅުއްވި ފަހުން، ޖޭޕީއާއި ފިކުރެއްގެ ދިރުން ސިޔާސީ ހަރަކާތުން ހެދި ކޯލިޝަންގެ ހަރަކާތްތަކައް ވަނީ މަޑުޖެހުމެއް އައިސްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ނ ނޮވެމްބަރު17
ކިތަންމެ އަވަސްއަރުވާލައިގެން ކެތްތެރިކަން ކޮޅުންލިއަސް ހޮވިގެން ގޮނޑީގަ އިނދެވޭނީ ނޮވެމްބަރު މަހު.