ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި، ކޯލިޝަންއަކާ ނުލާ، ގިނިކަންޏާ ވާދަކުރަން ޖެހުނުކަމުގައިވި ނަމަވެސް ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނޭކަމުގައި ޖުމުހުރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ގާސިމް އިބުރާހިމް ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނޭކަން އިއުލާން ކުރައްވާ، އަދި ނަޝީދު އިސްވެ ހިންގަވާ ފިކުރެއްގެ ދިރުން ސިޔާސީ ހަކަތާއެކު ކޯލިޝަން ހެއްދެވިކަން އިއުލާން ކުރެއްވިފަހުން، ގާސިމް ހަނު ހުންނަވަމުން ގެންދަވާތީ، ގާސިމް ރިޔާސީ އިންތިޚާބުގައި ވާދަނުކުރައްވަފާނޭކަމަށް ބައެއް ފަރާތްތަކުން ސުވާލު އުފައްދާ އަދި ސަޕޯޓަރުންގެ މެދުގައި ނުތަނަވަސް އުފެދިފައި ވަނިކޮށް، މިއަދު ބޭއްވި ޖޭޕީގެ ކައިންސިލް ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވެފައިވަނީ ރިޔާސީ އިންތިޚާބަށް ގިނިކަންޏާ ނުކުންނަވަން ޖެހުނު ކަމުގައިވި ނަމަވެސް އިންތިޚާބުގައި ވާދަކު ކުރައްވާނޭ ކަމުގެ ޔަގީންކަން ކައުންސިލް މެމްބަރުންނަށް ދެއްވާފައެވެ.
އަޅުގަނޑު އިރާދަކުރެއްވިއްޔާ ރިޔާސީ އިންތިޚާބުގައި ވާދަކުރާނަން، އެކަނި ނުކުންނަން ޖެހުނަސް ނުކުންނާނަން.
މިއަދު ބޭއްވުނު ޖުމުހޫރީ ޕާޓީގެ ކައުންސިލް ބައްދަލުވުމުގައި ޤާސިމް ވިދާޅުވެފައި ވެއެވެ.
ގާސިމް އިބުރާހިމް ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވާނޭކަން އިއުލާން ކުރެއްވުމަށްފަހު، ސިޔާސީ ޕާޓީތަކަށް ވަނީ ކޯލިޝަންގެ ދައުވަތުވެސް ފޮނުވާފައެވެ. އެހެންނަމަވެސް ގާސިމް އިބުރާހިމްގެ ޖުމުހޫރީ ޕާޓީއާއެކު މިހާތަނަށް ކޯލިޝަން ހަދާފައިވަނީ ނަޝީދުގެ ފިކުރެއްގެ ދިރުމުން އެކަންޏެވެ.
އެއަށްފަހު، ނަޝީދުގެ ފަރާތުން ބަރުލަމާނީ ނިޒާމަކަށް ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ހުށަހެޅުއްވި ފަހުން، ޖޭޕީއާއި ފިކުރެއްގެ ދިރުން ސިޔާސީ ހަރަކާތުން ހެދި ކޯލިޝަންގެ ހަރަކާތްތަކައް ވަނީ މަޑުޖެހުމެއް އައިސްފައެވެ.
ކޮމެންޓު ފޮނުވާ