ޕީއެސްޖީ ލީގު ކާމިޔާބު ކުރުމާއި ގާތަށް

ޕީއެސްޖީ ލީގު ކާމިޔާބު ކުރުމާއި ގާތަށް

ކްލަބްގެ ހުއްދަ ނުހޯދައި ސައުދީ އަރަބިއްޔާ އަށް ދިއުމުން ސަސްޕެންޑްކޮށްފައި ހުރި ލިއޮނަލް މެސީ ނުލައި، ޕީއެސްޖީ ކުޅުނު މެޗުން ރޭ ފްރެންޗް ލީގުގައި ޓްރޯޔެސް އަތުން 3-1 އިން މޮޅުވެއްޖެއެވެ.

ޓްރޮއިޒްގެ ދަނޑުގައި ކުޅުނު މިމެޗް ޕީއެސްޖީން ފެށީ ވަރަށް ފޯރިއާއެކުއެވެ. އެގޮތުން މެޗްގެ 8 ވަނަ މިނެޓްގައި ކިލިއަން އެމްބާޕޭ ޖަހާދިން ލަނޑާއެކު ޕީއެސްޖީން ވަނީ މިމެޗްގެ ލީޑު ނަގާފައެވެ. މިމެޗްގެ ފުރަތަމަ ހާފްގައި އިތުރު ލަނޑެއް ފެނިގެން ނުދިޔަ ނަމަވެސް މެޗްގެ 59 ވަނަ މިނެޓްގައި ޕީއެސްޖީން ވަނީ އެޓީމްގެ ލީޑު ފުޅާކޮށްފައެވެ.

މިލަނޑު އެޓީމަށް ޖަހާދިނީ ވިޓީނިއާއެވެ. މިމެޗްގައި ޓްރޮއިޒްގެ ހަމައެކަނި ލަނޑު މެޗްގެ 83 ވަނަ މިނެޓްގައި ޖަހާދިނީ ޒޭވިއަރ ޝަވަލެރިންއެވެ. ނަމަވެސް މިލަނޑު ޖެހިތާ ތިން މިނެޓްފަހުން ފަބިއަން ރުއިޒް ޖަހާދިން ލަނޑާއެކު ޕީއެސްޖީން ވަނީ އަނެއްކާވެސް ދެލަނޑުގެ ލީޑެއް ނަގާފައެވެ.

މި މޮޅާ އެކު ޕީއެސްޖީ، ފްރެންޗް ލީގުގެ އެއް ވަނައިގައި އޮތީ 34 މެޗުން 78 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ލެންސް އަށް 34 މެޗުން ވަނީ 72 ޕޮއިންޓް ލިބިފައެވެ. އަދި ތިން ވަނައިގައި އޮތް މާސޭ އަށް ވަނީ 34 މެޗުން 70 ޕޮއިންޓް ލިބިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *