ޔުނައިޓެޑް ބަލިކޮށް ވެސްޓް ހޭމް ހަމަޖެހިލައިފި

ޔުނައިޓެޑް ބަލިކޮށް ވެސްޓް ހޭމް ހަމަޖެހިލައިފި

އިނގިރޭސި ޕްރިމިއަރ ލީގުގައި މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗު ވެސްޓް ހޭމް ޔުނައިޓެޑުން ކާމިޔާބުކޮށްފިއެވެ. ވެސްޓް ހޭމްގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ އެއްލަނޑު ސުންލަނޑުންނެވެ.

ޔުނައިޓެޑުން ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފެއްދި މިމެޗްގައި ތަފާތަކަށް ވެގެންދިޔައީ ޔުނައިޓެޑްގެ ކީޕަރ ޑޭވިޑް ޑެ ގެއަރ އަށް ފުރަތަމަ ހާފްގައި ހެދުނު ގޯހެވެ. އާންމުކޮށް ޔުނައިޓެޑް ކުޅޭ ގިނަ މެޗްތަކުގައި އެޓީމް ބަލިވުމުން ސަލާމަތް ކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރަމުންދާ ޑެ ގެއަރއަށް މިމެޗްގައި ހެދުނު ގޯހުމެ ސަބަބުން އެޓީމް މިވަނީ ބަލިވެފައެވެ.

މިމެޗްގައި ވެސްޓް ހޭމްއިން ޖެހި ހަމައެކަނި ލަނޑަކީ މެޗްގެ 27 ވަނަ މިނެޓްގައި ސައިދު ބެންރަހްމާ ވަރަށް ދުރުން ފޮނުވާލި ހަމަލާއެއް ޑެ ހެއަރއަށް މަތަނުކުރެވި ގޯލަށް ވަތްލަނޑެކެވެ. މި ލަނޑާއެކު ގިނަ ފަރާތްތަކަކުން އަންނަނީ ޑެ ހެއަރއަށް ފާޑު ކިޔަމުންނެވެ. އެގޮތުން މިއީ ސީޒަންގައި ޑެ ހެއަރއަށް ހެދުނު ގޯހެއްގެ ސަބަބުން ޔުނައިޓެޑްގެ ކޮޅަށް ގޯލް ވަން ހަތަރުވަނަ ފަހަރެވެ. މިމެޗްގެ ކުޅުން ޔުނައިޓެޑުން ވަރުގަދަކޮށް ފެށިނަމަވެސް ވެސްޓް ހޭމްގެ ލަނޑާއެކު ޔުނައިޓެޑްގެ ކުޅުން މަޑުމަޑުން ދައްވަމުންގޮސް ފަނޑުވިއެވެ.

މިމެޗްގެ ކުރީކޮޅު މާކަސް ރަޝްފަޑް އާއި އެންތަނީ ފޮނުވާލި ދެހަމަލާއެއްވަނީ ވެސްޓް ހޭމްގެ ގޯލަށް އަމާޒުވެފައެވެ. އަދި ދެވަނަ ހާފްގައި ވެސްޓް ހޭމްއިންވެސް ވަނީ އެޓީމްގެ ލީޑު ފުޅާކުރުމާއި ވަރަށް ގާތަށް ގޮސްފައެވެ. އަދި މިކައިލް އެންޓޯނިއޯ ޖެހި ގޯލެއްވަނީ ޑެ ހެއަރއަށް އޭގެ ކުރިން ފައުލް ކޮށްފައިވުމުން ބަލައިނުގަތްފައެވެ.

މިމެޗުން މޮޅުވުމާއެކު ވެސްޓް ހޭމް މިހާރުވަނީ 35 މެޗުން ލިބިފައިވާ 37 ޕޮއިންޓާއެކު ތާވަލްގެ 15 ވަނައަށް ކުރިއަށް ޖެހި ރެލިގޭޝަން ސަރަހައްދާއި ކުޑަކޮށް ދުރަށް ޖެހިލާފައެވެ. އެގޮތުން 16 ވަނައިގާ އުޅޭ ލެސްޓަރ ސިޓީ އާއި ދެމެދު މިހާރު ހަތް ޕޮއިންޓްގެ ތަފާތެއް ވަނީ އުފެދިފަައެވެ.

މިމެޗުން ބަލިވުމުން ޔުނައިޓެޑް މިހާރު އުޅެނީ 34 މެޗުން ލިބިފައިވާ 63 ޕޮއިންޓާއެކު ތާވަލްގެ ހަތަރުވަނައިގައެވެ. އަދި ފަސްވަނައިގާ އުޅޭ ލިވަޕޫލުން މިހާރު ދައްކަމުންދާ ކުޅުމާއެކު ޔުނައިޓެޑަށް އޮތް ޕްރެޝަރުވެސް މިހާރު އަންނަނީ އިތުރަށް ބޮޑުވަމުންނެވެ. ލިވަޕޫލް އެއް މެޗް އިތުރަށް ކުޅޭފައިވީ ނަމަވެސް ދެޓީމްގެ ދެމެދުގައި މިހާރުވަނީ އެންމެ ޕޮއިންޓެއްގެ ފަރަގު ކަމުން ޔުނައިޓެޑް މިހާރުވަނީ ހާސްކަމުގެ ތެރެއަށް ވެއްޓިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *