ހައިކޯޓުގެ ފަނޑިޔާރު ފައިސަލް ސިވިލް ކޯޓު ގާޒީ އަޒްފާއާއި ކައިވެނި ބައްލަވައިގެންފި

ހައިކޯޓުގެ ފަނޑިޔާރު ފައިސަލް ސިވިލް ކޯޓު ގާޒީ އަޒްފާއާއި ކައިވެނި ބައްލަވައިގެންފި

ގުޅުންހުރި

ހައިކޯޓުގެ ފަނޑިޔާރު ފައިސަލް ސިވިލް ކޯޓުގެ ގާޒީ އާއިޝަތު އަޒްފާ ޢަބްދުލްޣަފޫރުއާއި ކައިވެނި ބައްލަވައިގެންފިއެވެ.

މި ދެބޭފުޅުން ކައިވެނީގެ ގޮތުން ގުޅިފައިވަނީ އިއްޔެއެވެ.

ފަނޑިޔާރު ފައިސަލް ހައިކޯޓުގެ ފަނޑިޔާރުކަމާ ހަވާލުވީ 2018 ވަނަ އަހަރުއެވެ. ގާޒީ އަޒްފާ ސިވިލްކޯޓުގެ ގާޒީ ކަމާއި ހަވާލުވީ 2020 ވަނަ އަހަރުއެވެ.

މި ދެބޭފުޅުންނަކީވެސް ކުރިން ކައިވެނި ބައްލަވައިގެން ކުދިންވެސް ލިބިލައްވާފައިވާ ދެ ބޭފުޅުންނެވެ.

ދެ ފަނޑިޔާރުން ކައިވެނި ބައްލަވައިގަތުމާއި ގުޅިގެން ޝަރުޢީ ދާއިރާގެ ގިނަ ބަޔަކުވަނީ ދެބޭޅުންނަށް މަރުހަބާ ވިދާޅުވެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ