Ad
ޝަގީރީ ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެ

ޝަގީރީ ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެ

Author
އިބްރާހީމް ސާޢިދު
07 އޮކްޓޯބަރ 2020 05:19
0

ލިވަޕޫލްގެ ފޯވާޑް ޒެރްޑަން ޝަގީރީ ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

މިއީ ކޯވިޑް-19 އަށް ޕޮޒިޓިވްވި ލިވަޕޫލްގެ ތިންވަނަ ކުޅުންތެރިޔާއެވެ. މީގެކުރިން ލިވަޕޫލްގެ ތިއާގޯ އަލްކަންޓާރާ އަދި ސާދިއޯ މާނޭވެސް ވަނީ ކޯވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. މި ތިން ކުޅުންތެރިންވެސް މިހާރު ތިބީ އައިސޮލޭޝަންގައެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލުން ދެން މެޗެއް ކުޅޭނީ މި މަހުގެ 17 ވަނަ ދުވަހުއެވެ. ލިވަޕޫލް ނުކުންނާނީ ވާދަވެރި އެވަޓަންއާ ދެކޮޅަށެވެ.

އިނގިރޭސިވިލާތުގައި ކޯވިޑް-19 ގެ ދެވަނަ ރާޅެއް އުފެދިދާނެކަމުގެ ބިރު މިހާރުވެސް ހީވެފައިވާއިރު، 28 ސެޕްޓެމްބަރުން 4 އޮކްޓޯބަރަށް ކުޅުންތެރިންނާއި ސްޓާފުން ހިމެނޭގޮތަށް ކޯވިޑްގެ 1587 ޕޮޒިޓިވް ކޭސް ފެނިފައިވާކަމަށް ޕްރިމިއާ ލީގުން މިދިޔަ ހޯމަ ދުވަހުވަނީ ހާމަކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.