ހިޔާ ފްލެޓުތަކުގެ އިމާރާތެއްގައި ދެ އެޕާޓްމަންޓް އެއްކޮށްލައިގެން ހަދާފައިވާކަމުގެ ރިޕޯޓު އާބަންކޯއަށް ލިބުމާއިގުޅިގެން، އަކަން ބެލުމަށްފަހު އެޕާޓްމަންޓުގެ ސްޓަރކްޗަރއަށް ބަދަލު ގެނައި ފަރާތްތަކަށް ފިޔަވަޅު އަޅައިފިއެވެ.
އާންބަންކޯއިން ބުނެފައިވަނީ، މިކަން އެ ކޯޕަރޭޝަންގެ ސަމާލުކަމަށް އައުމާއެކު، އެކޯޕަރޭޝަނުން ބެލި ބެލުމުން މިހާރު އެއީ ކޮން އެޕާޓްމަންޓްތަކެއްކަން ދެނެގަނެވިފައި ވާކަމުގައެވެ.
އަދި މިއެޕާޓްމަންޓުތަކުގެ އިންޓީރިއަރ ހެދުމުގެ މަސައްކަތް ކުރި އިރު، އެކޯޕަރޭޝަނުން ހަދާފައިވާ އުސޫލުތަކާއި ހިލާފަށް، ދެފަރާތުން ވަނީ ދެ އެޕަރޓްމަންޓުގެ މެދު ފާރު ތަޅާލައި، 4 ކޮޓަރީގެ އެއް އެޕާޓްމަންޓަކަށް ބަދަލުކޮށްފައި ކަމުގައިވެސް އާބަންކޯއިން ބުނެފައި ވެއެވެ.
މިގޮތުން މި މައްސަލަ ބެލުމަށް ފަހު މިއިން ކޮންމެ އެޕާރޓްމަންޓެއްވެސް، 100،000ރ އިން ޖޫރިމަނާކޮށް، ފަސް ދުވަހުގެ ތެރޭގައި ދެ ފަރާތުން ވެސް އެ ފައިސާ ދެއްކުމަށް ވަނީ އަންގާފައި ވާކަމަށްވެސް އާބަންކޯއިން މައުލޫމާތު ދީފައި ވެއެވެ.
ކޮމެންޓު ފޮނުވާ