ކައްދޫ އެއާޕޯޓް ކުންފުނީގެ ބޯޑުގެ ޗެއާމަނަކަށް ޒަކަރިއްޔާ މަންޞޫރު!

ކައްދޫ އެއާޕޯޓް ކުންފުނީގެ ބޯޑުގެ ޗެއާމަނަކަށް ޒަކަރިއްޔާ މަންޞޫރު!

ގުޅުންހުރި

ކައްދޫ އެއާޕޯޓު ކުންފުނީގެ ބޯޑުގެ ޗެއަމަނަކަށް ބްރިގޭޑިއާ ޖެނެރަލް (ރިޓަޔާޑް) ޒަކަރިއްޔާ މަންސޫރު އައްޔަންކޮށްފިއެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕޮރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން ވަނީ މިކަން ހާމަކޮށްފައެވެ. އެބޮޑުން ނެރުނު ބަޔާނެއްގައިވަނީ ކައދޫ އެއަރޕޯޓު ކޮމްޕެނީ ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއަރމަންކަމުގެ މަޤާމަށް ހުޅުމާލެ ފްލެޓު ނަމްބަރު 133 – 04 – 2، ބްރިގެޑިއަރ ޖެނެރަލް (ރޓ) ޒަކަރިއްޔާ މަންސޫރު 4 މެއި 2023ވަނަ ދުވަހު އެބޯޑުން ޢައްޔަންކުރައްވާފައިވާކަމަށެވެ.

ކައްދޫ އެއަރޕޯތަކީ މިލިޓަރީ އެއާޕޯޓެކެވެ.

ބްރިގެޑިއަރ ޖެނަރަލް (ރޓ) ޒަކަރިއްޔާ މަންޞޫރަކީ މާސްޓަރ އޮފް އާޓްސް އިން ސްޓްރެޓެޖިކް ސެކިއުރިޓީ ސްޓަޑީސް ހާސިލްކުރައްވާފައިވާ ބޭފުޅެއްކަން ޕީސީބީގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. ޒަކަރިއްޔާ މަންސޫރު 39 އަހަރު ޚިދުމަތަށްފަހު ގައުމީ ދިފާއީ ބާރުގެ ޚިދުމަތުން ރިޓަޔަރ ކުރައްވާފައިވާ ސިފައިންގެ ސޯލްޖަރއެކެވެ. އޭނާ ވަނީ ސިފައިންގެ ލީޑަޝިޕްގެ ގިނަ މަގާމުތަކެއް ފުރުއްވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ