ރ. ދުވާފަރު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ނިމިއްޖެއެވެ.
ރ. ދުވާފަރު މަގު ތަރައްޤީކުރުމުގެ މަޝްރޫޢު ގެ ދެވަނަ ފިޔަވައްސަކީ 40.20 މިލިއަން ރުފިޔާއަށް ސަރުކާރުން އެމްޓީސީސީއާއި ހަވާލުކޮށްފައިވާ މަޝްރޫޢުއެކެވެ. 5،010 މީހުން ދިރިއުޅޭ ރ. ދުވާފަރަކީ އެއް އިރެއްގައި ފަޅު ރަށެއްގެ ގޮތުގައި އޮތް ރަށެއް ނަމަވެސް، 2004 ވަނަ އަހަރުގެ ސުނާމީ ކާރިސާގައި ރ. ކަނދޮޅޫދޫއަށް ލިބުނު ބޮޑެތި ގެއްލުންތަކުގެ ސަބަބުން އެ ރަށު ރައްޔިތުންނަށް ދުވާފަރަށް ހިޖުރަ ކުރަންޖެހުނެވެ.
ރ. ދުވާފަރުގެ މަގުގެ ޙާލަތު ރަނގަޅުކުރުމަށް ސަރުކާރުން ހާވާލުކުރި މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް މި ކުންފުނިން 2021 ވަނަ އަހަރު ނިންމާލާފައިވާއިރު، މި އަހަރުގެ މާރިޗް މަހު މިވަނީ ދުވާފަރުގެ މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހިވެސް ނިމިފައެވެ. މި މަޝްރޫޢުގެ ދަށުން ދުވާފަރުގެ ހުރިހާ މަގެއްހެން މިހާރު މިވަނީ ރަނގަޅު ފެންވަރަށް ތަރައްޤީކޮށް ތާރުއަޅާ ނިމިފައެވެ. އެހެންކަމުން އެއްގަމު ދަތުރުފަތުރުކުރުމުގަ އާއި އެއްތަނުން އަނެއްތަނަށް މުދަލާއި ތަކެތި އުފުލުމުގައި ގިނަ ފަސޭހަތަކެއް ދުވާފަރުގެ ރައްޔިތުންނަށާއި އަދި ރަށަށް ޒިޔާރަތްކުރާ ފަރާތްތަކަށްވެސް މިހާރު ލިބިގެންދާނެއެވެ.
We have completed R. Dhuvaafaru Road Construction Project (Phase 2). The value of the project is MVR 40.20 million.#MTCCProjects #RayyithungeKunfuni pic.twitter.com/T0phQhaeUH
— MTCC Plc (@MTCCPlc) May 4, 2023
ރ. ދުވާފަރު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ ދަށުން، 44.797,19 އަކަ މީޓަރުގެ ދުއްވާ ސަރަޙައްދެއް ޤާއިމުކުރުމާއި، 85.003,6 އަކަ މީޓަރުގެ ހިނގާ ސަރަޙައްދެއް ޤާއިމުކުރުމާއި، ސަރވިސް ލައިން އެޅުމާއި، މަގުބައްތި ހަރުކުރުމާއި، މަގުމަތީ ނިޝާން ހަރުކުރުމާއި، ފެންހިންދާ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް ހިމެނެއެވެ.
One Response
ގައުމުދެކެލޯބިނުވާާ ބަޔަކައްް ގައުމުމުު ހިންގަންލިބުމަކީީ ގައުމަކައްލިބޭނެެ އެމެބޮޑުދެރަަ ފައިސާނެތިި ބަގުރޫޓުުގަަ އޮވެެ ވަޒީފާތައްް އޮއްސާލުންް ފައިސާނެތްކަމައްް ގޮވަމުންް މުސާރާބޮޑުކުރާނެކަމައްް ބުނެެ ވުޖޫދުނުވާމަގާމުތަކެއްގެެ މުސާރަބޮޑުވީކަމައްް އިއުލާންކުރުންް ރައްޔިތުންް މޮޔަހެއްދޭނެކަމައްް ތަންކޮޅުކޮޅުގައިި ވެލިފުނިޖެހުންް ދައުރެއްފެށިި ނިމިގެންދާއިރުވެސްް ބޯހިޔާވަހިކަމެއްފެށިފަަ ނިމިފަނެތުންް ގާނޫނަކީބޭކާރުއެއްޗެއްގެގޮތުގައިި ސަރުކާރުންފެށުނީންސުރެެ ވިސްނާދިނުމައްޓަކައިި ހިތުހުރިގޮތަކައްް ގާނޫނައްް ޢަމަލުކުރަމުންގެންދާގެންދިއުންް ޕްލާސްޓިކްކޮތަޅަކީީ ދައުލަތައްއާމުދަނީީ ހޯދާނެެ މައިގަޑުު ވިޔަފާރިއައްބަދަލުކުރުންް ޓޫރިސްޓުންނައްއޮޅުވާލައިގެންް ގްރީންޓެކުސްފައިސާހުސްކުރަމުންގެންދިއުންް