މުޅި ދައުލަތުގަ ވައްކަން، އެއްވެސް ވައްކަމެއް ބެލޭނެ ގޮތެއްނުވޭ: ދިޔާނާ

މުޅި ދައުލަތުގަ ވައްކަން، އެއްވެސް ވައްކަމެއް ބެލޭނެ ގޮތެއްނުވޭ: ދިޔާނާ

Author
މުޙައްމަދު ޝަޒައިމް
30 ނޮވެމްބަރ 2020 06:32
0

މިސަރުކާރުގެ ތެރެއިން ފެނިގެން ދަނީ މުޅިންވެސް ވައްކަމާއި ޚިޔާނާތުގެ އަޑުތަކާއި މަންޒަރުކަމަށާއި، ނަމަވެސް އެއްވެސް ވައްކަމެއް ބެލޭ ތަނެއް ނުފެންނަ ކަމުގައި ކުރީގެ ބަންޑާރަ ނައިބް ދިޔާނާ ސައީދު ވިދާޅުވެއްޖެއެވެ.

ދިޔާނާ މިފަދަ ގޮތަކަށް ވިދާޅުވެފައިވަނީ މޯލްޑިވްސް ޕޯޓްސް ލިިމިޓެޑުގައި ހިންގާފައިވާ 8 މިލިއަން ރުފިޔާގެ ޚިޔާނާތުގެ މައްސަލައެއް ދާދިފަހުން ފަޅާއަރުވާލައި އެމްޕީއެލްގެ ބޯޑުގެ ޗެއާމަންގެ މަޤާމުން މުޙައްމަދު ޒަކީ (ނަޒާކީ ޒަކީ) އިސްތިއުފާ ދެއްވުމާއި ގުޅިގެން ކުރެއްވި ޓުވީޓުގައެވެ. ދިޔާނާ ވިދާޅުވީ ސަރުކާރުގެ ތެރެެެއިން ފެނިގެން ދަނީ މުޅިންވެސް ވައްކަމުގެ މަންޒަރުތައް ކަމަށެވެ.

ވަކި މައްސަލަތަކަށް އިޝާރާތްކޮށް ދިޔާނާ ވިދާޅުވީ ދައުކަތުން ބޮޑެތި ޚިޔާނާތްތަކުގެ ގޮތުގައި ފާހަގަކޮށްފައިވާ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައާއި، އެމްޕީއެލްގެ ވައްކަމާއި، ޕްބްލިކް ޕްރޮކިއުމަންޓުގެ ވައްކަން ތަކަކީ މިއަދު އާންމުވެ ކުރަމުންދާ ބޮޑެތި ވައްކަންތައް ކަމަށެވެ. ނަމަވެސް މިއިން އެއްވެސް ވައްކަމެއް ނުބެލޭކަމީ ކަންބޮޑުވާން ޖެހޭ ކަމެއްކަމަށް ދިޔާނާ ވިދާޅުވިއެވެ.

ސަރުކާރުގެ ތެރޭގައި ހިންގާ ވައްކަންތައް ހުއްޓުވައި އެކަންކަން ބެލުމަށް ގިނަބަޔަކު ގޮވާލަމުންދާއިރު، ނިމިދިޔަ ސަރުކާރުން ހިންގާފައިވާކަމަށް ބުނާ ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް އެކުލަވާލި ކޮމިޝަނަށްވެސް އެކަށީގެންވާ މަައްކަތް ނުކުރެވި ގިނަބައެއްގެ ފާޑުކިޔުންވަނީ ސަރުކާރަށް އަމާޒުވެފައެވެ. އަދި މިސަރުކާރުން ކޮރަޕްޝަން ހިންގާކަމަށް ވަރަށް ފާޅުގައި މަޖިލީހުގައި ހިިމެނޭ އެމްޑީޕީ މެމްބަރުން ދަނީ މަޖިލީހުގެ ޖަލްސާތަކުގައި ވިދާޅުވެ ވާހަކަ ދައްކަވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.