ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ އެމްއާރުއެމްގެ އެކި މަޤާމުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން ބައެއް ބޭފުޅުން އެމްއާރުއެމްއިން ވަކިވާން ނިންމާފައިވާކަމަށް މައުލޫމާތު ލިބިއްޖެއެވެ.
ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ އެމްއާރުއެމްގެ މެމްބަރުންގެ ތެރެއިން އިސް ގިނަ ބޭފުޅުން ގެންދަވަނީ ސަރުކާރުގެ އެކި މަޤާމުތައް ފުރުއްވަމުންނެވެ. އެގޭގެ ތެރޭގައި ވަޒީރުންނާއި، ސްޓޭޓް މިނިސްޓަރުންނާއި، ޑެޕިއުޓީ މިނިސްޓަރުންނާއި، ކުންފުނިތަކުގެ މެނޭޖަރުކަމުގައާއި، ޚާރިޖީ ދާއިރާއަގައާއި އެނޫންވެސް މަޤާމުތަކުގައި ސިޔާސީ މަޤާމުތައް ފުރުއްވާ ބޭފުޅުން ހިމެނެއެވެ.
ރޭ އެމްއާރުއެމްގެ ޒައީމް ވަނީ އެޕާޓީގެ ކައުންސިލް ބައްދަލުވުމެއް ބާއްވައި، ކައުންސިލްތަގައި ކުރިއަށް އޮތް ރިޔާސީ އިންތިޚާބާއި ގުޅޭގޮތުންނާއި، މިހާރު އެންމެ ބޮޑު އެއްމައްސަލައެއްގެ ގޮތުގައި އޮތް ޗާގޯސް މައްސަލާގައިވެސް މަޝްވަރާ ކޮށްފައެވެ.
އެމްއާރްއެމްގެ މެންބަރުންގެ މެދުގައި ހިޔާލުތަފާތުވުން އުފެދިފައިވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހަށް ތާއީދުކުރުމުގެ މައްސަލައިގަ އެވެ. އެމްއާރްއެމްގެ ކައުންސިލްގެ ތެރޭގައި ރައީސް ސޯލިހަށް ތާއީދުކުރަން ބޭނުން ނުވާ ބޭފުޅުންވެސް އެބަތިއްބެވި އެވެ. ރައީސް ސޯލިހަށް ތާއީދުކުރަން ވަކާލަތުކޮށް އެކަމުގައި ބޮޑަށް ވާހަކަދައްކަނީ ސަރުކާރުގެ އެމްއާރްއެމްގެ ސްލޮޓްތަކުގައި ތިއްބެވި ބޭފުޅުންނެވެ.
އެމްއާރުއެމްގެ އިސް ބޭފުޅުންގެ މެދުގައި ޚިޔާލު ތަފާތުވެފައިވަނީ އިއްޔެ ޗާގޯސް މައްސަލާގައި ސަރުކާރުގެ ނިންމުމާއި ދެކޮޅަށް ބޭއްވި ޕްރެސްގައި އެމްއާރުއެމްއިން ބައިވެރި ވުމުންނެވެ. އެމްއާރުއެމްގެ ފަރާތުން މިޕްރެސްގައި ބައިވެރިވީ ނާދިރާއެވެ. ނާދިރާއަކީ މިސަރުކާރު ގެނައުމަށް އެންމެ ބޮޑަށް މަސައްކަތް ކުރި އެއްބޭފުޅެކެވެ.
އެމްއާރުއެމްގެ ތެރޭގަިއ އުފެދިފައިވާ ޚިޔާލް ތަފާތުވުންތަކުގެ ތެރެއިން ޕާޓީން ވަކިވުމަށް ނިންމަފާއިވާ ބޭފުޅުންގެ ތެރޭގައި ހެރިޓޭޖް މިނިސްޓްރީގެ ޑިރެކްޓާ ކޮމިއުނިކޭޝަން އިސްމާއީލް ނާއިލް ރަޝީދު، ހެރިޓޭޖް މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު އަލީ ފަސީލް، ޓޫރިޒަމް މިނިސްޓްރީގެ ސީނިއާ ޕޮލިސީ ޑިރެކްޓަރު ފަރުހާދު އިބްރާހީމް، އެމްއައިޓީޑީސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރާއިދު،، އެމްޓީޑީސީގެ މެނޭޖިން ޑިރެކްޓަރު ތަޒްމީލް އަބްދުއްސަމަދު، މޯލްޑިވްސް ގޭސްގެ މެނޭޖިން ޑިރެކްޓަރު ޝަޒައިލް ޝިޔާމު، އެޗްޑީސީގެ ބޯޑު މެންބަރު އިބްރާހީމް އަފްރާތު އަދި އަބްދުލްޙަމީދު އަހުމަދުއެވެ.
އެމްއާރުއެމާ އެކު ދެވަނަ ދައުރަކަށް ކޯލިޝަން ހަދަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް ވަނީ ދައުވަތު ދެއްވައިފައެވެ. އަދި އެކަމާ ގުޅޭ ގޮތުން ފުރަތަމަ ބައްދަލުވުން ބޭއްވި ނަމަވެސް، ނިމިފައި ވަނީ ކޮޅެއްގައި ނުޖެހިފައެވެ. އެކަމަކު، އިތުރު ބައްދަލުވުންތައް ބާއްވަން އެއްބަސްވެފައިވެއެވެ. އަދި އެޕާޓީން ދަނީ ޖޭޕީއާއިވެސް މަޝްވަރާ ކުރަމުންނެވެ.
2 Responses
ރަގަޅު! ތިޔައީ 3000 މީހުންވެސް ކިރިޔަ ކިރިޔާ ހަމަވާ ނުވާ ޕާރޓީ އެކެވެ. ތިޔަށްވުރެން މާޒިޔާ ޓީނޭޖް ކަހަލަ ކްލަބެއްގައި ވެސް މާ ސަޕޯޓަރުން ގިނަވާނެއެވެ. ތިޔައީ ތިރީސް އަހަރު ކުރީގެ މާޒީއެވެ. ދާނީ ހުލިވަމުންނެވެ. އެއްވެސް ޕާރޓީއަކުން ކޯލިޝަން ހަދަންވާވަރުގެ އުރަތްޕެއް ހުރި ބަޔެއްނޫނެވެ. ޔާމީނު ބޭބޭފުޅު ދޫކޮށްލީ ކަމެއްވެގެންނެވެ. މިހާރު މުސްކުޅިފުޅުވެގެން ދައްކަނީވެސް މުޅިން ބޯހަމަނުޖެހޭ ވާހަކައެވެ.
ރަގަޅު! ތިޔައީ 3000 މީހުންވެސް ކިރިޔަ ކިރިޔާ ހަމަވާ ނުވާ ޕާރޓީ އެކެވެ. ތިޔަށްވުރެން މާޒިޔާ ޓީނޭޖް ކަހަލަ ކްލަބެއްގައި ވެސް މާ ސަޕޯޓަރުން ގިނަވާނެއެވެ. ތިޔައީ ތިރީސް އަހަރު ކުރީގެ މާޒީއެވެ. ދާނީ ހުލިވަމުންނެވެ. އެއްވެސް ޕާރޓީއަކުން ކޯލިޝަން ހަދަންވާވަރުގެ އުރަތްޕެއް ހުރި ބަޔެއްނޫނެވެ. ޔާމީނު ބޭބޭފުޅު ދޫކޮށްލީ ކަމެއްވެގެންނެވެ. މިހާރު މުސްކުޅިފުޅުވެގެން ދައްކަނީވެސް މުޅިން ބޯހަމަނުޖެހޭ ވާހަކައެވެ.