ރާއްޖޭގެ ދެކުނުގެ ކަނޑުގެ އިމުގެ މައްސަލާގައި ރާއްޖެއިން ޒަމާނުއްސުރެ ގެންގުޅެމުންއައި އުސޫލާއި ޤަބޫލުކުރުން ކުއްލިގޮތަކަށް ބަދަލުކޮށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު މޮރިޝަސްގެ ބޮޑުވަޒީރަށް ސިޓީ ފޮނުއްވި ފޮނުއްވުމަކީ ޤާނޫނު އަސާސީއާ ޚިފާލާފު ނޫންތޯ؟ ވިދާޅުވެ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ސުވާލު އުފައްދަވައިފިއެވެ.
ޤާސިމް ޓްވިޓަރ މެދުވެރިކުރައްވައި ހާމަކުރެއްވި ބަޔާނެއްގައިވަނީ ޗާގޯސްއާ ދިވެހިރާއްޖެއާ ދެމެދުގައިވާ ކަނޑުގެ ސަރަޙައްދުގެ މައްސަލައިގައި ( އިޓްލޮސްއިން) އޭޕްރީލް 28ގައި އިއްވި ޙުކުމަކީ ،އިގްތިޞާދީ ނަފާހޯދުމަށް ދިވެހިންނަށް ލިބެންއޮތް 200 ނޯޓިކަލް މޭލުގެ ބޮޑު ސަރަޙައްދު ހޯދުމަށް އޮތް ރަނުގެ ފުރުޞަތު ގެއްލިގެންދިޔަ ޙުކުމެއް ކަމުގައި ދެކެވަޑައިގަންނަވާކަމަށެވެ.
ޗާގޯސްއާ ދިވެހިރާއްޖެއާ ދެމެދުގައިވާ ކަނޑުގެ ސަރަޙައްދުގެ މައްސަލައިގައި ( އިޓްލޮސްއިން) އޭޕްރީލް 28 ގައި އިއްވި ޙުކުމަކީ ،އިގްތިޞާދީ ނަފާހޯދުމަށް ދިވެހިންނަށް ލިބެންއޮތް 200 ނޯޓިކަލް މޭލުގެ ބޮޑު ސަރަޙައްދު ހޯދުމަށް އޮތް ރަނުގެ ފުރުޞަތު ގެއްލިގެންދިޔަ ޙުކުމެއް ކަމުގައި އަޅުގަނޑު… pic.twitter.com/ujF5TkDUdt
— Qasim Ibrahim (@qasimibrahim) May 1, 2023
ދިވެހީންނަށް މިފުރުޞަތު ގެއްލިގެންދިއުމުގައި، ދިވެހިސަރުކާރުން މިކަމުގައި ޒަމާނުއްސުރެ ގެންގުޅެމުން އައި ސިޔާސަތު މޮރިޝަސްއަށް ފަހިވާގޮތަށް ކުއްލިއަކަށް ބަދަލުކޮށް، ރައީސުލް ޖުމުހޫރިއްޔާ މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވިސިޓީފުޅު ބޮޑު ދައުރެއް އަދާކުރިކަން، ފަނޑިޔާރު އިއްވެވި ޙުކުމުގެ ޤަޟިއްޔާގެ 20 ވަނަ ޞަފްޙާގައި ބަޔާންކޮށްފައިވާ 51 ވަނަ ނުކުތާއިން ސާފުކޮށް އެނގެން އޮންނަކަމަށްވެސް ޤާސިމް ވިދާޅުވެފައިވެއެވެ.
"މިޢަމަލަކީ، ދިވެހިރާއްޖޭގެ ޤާނޫންއަސާސީގެ 3 ވަނަ މާއްދާ އާއި އަދި 6/96 ދިވެހިރާއްޖޭގެ ކަނޑުތަކާ ބެހޭ ޤާނޫނުގައި ކަނޑައެޅި ބަޔާން ވެގެންވާ ގޮތްތަކާ ޚިލާފަށް ކުރެއްވެވި ޢަމަލަކަށްނުވޭތޯއެވެ؟ ރާއްޖޭގެ ސަރަޙަައްދުން އެންމެ ކޮޑި އިންޗިއެއްވެސް ދިވެހީންނަށް ގެއްލޭ ގޮތަށް ނިންމާ އެއްވެސް ނިންމުމަކަށް އަޅުގަނޑުމެން ތާއީދެއް ނުކުރާނަމެވެ." ޤާސިމް ވިދާޅުވެފައިވެއެވެ.
އެހެންކަމުން އިޓްލޮސް ގެ މި ޙުކުމާ ގުޅިގެން ދިވެހީންނަށް ގެއްލިގެންދިޔަ ކަނޑުގެ ސަރަޙައްދު އަނބުރާ ލިބޭނެ އެއްވެސް ގޮތެއް އޮތްތޯ ދިރާސާކޮށް، އެމަގަށް ދިވެހިރައްޔިތުންނާ އެކު އިޚްލާޞްތެރިކަމާ އެކު މަސައްކަތް ކުރުމަށް މިތިބީ ނުކުމެކަމުގައި ޤާސިމް ވަނީ ވިދާޅުވެފައެވެ.
One Response
ދިވެހިންނަށް ކުރިން ލިބިފައިވާ އެއްވެސް އެއްޗެއް ތަނެއް ގެއްލިއްޖެތޯ. ބައިނަލްއަގުވާމީ ހަމަތަކުން ބަލާއިރު ދިވެހިންނަށް ކުރިންލިބިފައިވާ ކޮންތަނެއް ކޮންއެއްޗެއްތޯ ގެެއްލުނީވ