ރާއްޖެ ހޯދާފައިވާ ކުރިއެރުންތަކުގެ ހައްޤުވެރިންނަކީ ދިވެހި މަސައްކަތްތެރީން: ޤާސިމް

ރާއްޖެ ހޯދާފައިވާ ކުރިއެރުންތަކުގެ ހައްޤުވެރިންނަކީ ދިވެހި މަސައްކަތްތެރީން: ޤާސިމް

Author
މުޙައްމަދު ޝަޒައިމް
01 މެއި 2023 07:34
0

ދިވެހި ޤައުމު މިހާތަނަށް ހޯދާފައިވާ އެންމެހާ ކުރިއެރުންތަކެއްގެ ހަޤީޤީ ހައްޤުވެރީންނަކީ ދިވެހި ލޮބުވެތި މަސައްކަތްތެރީން ކަމުގައި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް، އަދި އެޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ބައިނަލްއަޤްވާމީ ގޮތުން މިއަދު ފާހަގަކުރާ މަސައްކަތްތެރިންގެ ދުވަހުގެ ހެޔޮ އެދުންތައް، މަސައްކަތުގެ އެކި މާހައުލުތަކުގައި ހެލިފެލިވާ އެންމެހާ ފަރާތްތަކަށް ޤާސިމް ވަނީ ފޮނުވާފައެވެ.

‏ޤާސިމް ފޮނުވި ތަހުނިޔާގެ މެސެޖުގައި ވިދާޅުވީ ދުނިޔެ އާރާސްތުވެ، އިމްރާނީގޮތުން ދުނިޔޭގެ އެކި ކަންކޮޅުތައް ތަރައްޤީގެ އާ އުސްމިންތައް ހާޞިލްކޮށްފައި އެވަނީ މަސައްކަތްތެރީންގެ ސަބަބުން ކަމަށެވެ. ވަކިވަކި ޤައުމުތައް ތަރައްޤީވެ ކުރިއަރައިގެން ގޮސްފައި މިވަނީ އެ ޤައުމެއްގެ މަސައްކަތްތެރީންގެ ހިންމަތާއި މިންނަތުން ކަމަށެވެ. އެމީހުން ދެއްކި ޖޯޝާއި ފޯރިއާއި، އެމީހުންގެ ވިސްނުމާއި ހަކަތައިން ކަމަށް ޤާސިމް ވިދާޅުވިއެވެ.

ހަމައެފަދައިން މި ދިވެހި ޤައުމު މިހާތަނަށް ހޯދާފައިވާ އެންމެހާ ކުރިއެރުންތަކެއްގެ ހަޤީޤީ ހައްޤުވެރީންނަކީ ދިވެހި ލޮބުވެތި މަސައްކަތްތެރީން.

– ޤާސިމް ވިދާޅުވިއެވެ.

ރާއްޖެ ހޯދި ކުރިއެރުންތަކުގެ ހަގީގީ މޭސްތިރިންނަކީ ދިވެހި މަސްވެރީންނާއި، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރައްވާ އެންމެހާ ފަރާތްތަކާއި، ދަނޑުވެރީންނާއި، ޢިމާރާތްކުރާމީހުންނާއި، އަދި މިނޫންވެސް އެހެނިހެން ސިނާޢަތްތަކުގެ އިތުރުން، ސަރުކާރާއި އަދި އަމިއްލަ އޮފީސްތަކާއި، އުނގަންނައިދިނުމާއި، މުދަލާއި ޚިދުމަތާއި، އެކިއެކި ވިޔަފާރީގެ ދާއިރާގައި މަސައްކަތްކުރަމުންދާ ދިވެހި ލޮބުވެތި މަސައްކަތްތެރީން ކަމަށް ޤާސިމް ވިދާލުވިއެވެ.

ޤާސިމް ވަކީން ޚާއްޞަ ކޮށް މިއަދު މި ހުރިހާފަރާތްތަކަށް އައްސަރިބަހާއި ސާބަސް ރައްދުކޮށް އެފަރާތްތަކަށް ނުހަނު އިޚްލާޞްތެރި ކަމާއެކު މަރުޙަބާ އާއި ތަޙްނިޔާ އަރިސް ކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.